Ads by Ministry of Arts, Culture and Heritage

ޚަބަރު

1448 ވަނަ އަހަރުގެ ޙައްޖުގެ ޚިދުމަތްތަކާއި ގުޅޭ އެއްބަސްވުމުގައި ސޮއިކޮށްފި

1448 ވަނަ އަހަރުގެ ޙައްޖުގެ ޚިދުމަތްތަކާއި ގުޅޭ އެއްބަސްވުމުގައި ސޮއިކޮށްފި

1448 ވަނަ އަހަރުގެ ޙައްޖުގެ ޚިދުމަތްތަކާއި ގުޅޭ އެއްބަސްވުމުގައި ސޮއިކުރުން. ފޮޓޯ: އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާ

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

14 ނޮވެމްބަރު 2026، 11:00

14 ނޮވެމްބަރު 2026، 11:00

1448 ވަނަ އަހަރުގެ ޙައްޖު މޫސުމުގައި ދިވެހި ޙައްޖާޖީންނަށް ޚިދުމަތްތައް ފޯރުކޮށްދިނުމާއި ގުޅޭ ރަސްމީ އެއްބަސްވުމުގައި ދިވެހިރާއްޖޭގެ އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއާއި ސަޢޫދީ ޢަރަބިއްޔާގެ މިނިސްޓްރީ އޮފް ޙައްޖު އެންޑް ޢުމްރާއާ ދެމެދު ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ މިހާރު ކުރިއަށްދާ ޙައްޖު ކޮންފަރެންސް 2026 ގެ ހަވާސާގައެވެ. ދިވެހި ސަރުކާރުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ޑެޕިއުޓީ މިނިސްޓަރ އަލްފާޟިލް ޢުޞާމް މުޙައްމަދު ސަޢީދެވެ. އަދި ސަޢޫދީ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އެ ޤައުމުގެ ޑެޕިއުޓީ މިނިސްޓަރ އޮފް ޙައްޖު އެންޑް ޢުމްރާ ޑރ. ޢަބްދުލްފައްތާޙް މަޝާޠެވެ.

މި އެއްބަސްވުމުގެ ސަބަބުން 1448 ވަނަ އަހަރުގެ ޙައްޖު މޫސުމުގައި ދިވެހި ޙައްޖުވެރިންނަށް ބޭނުންވާ އެކިއެކި އިންތިޒާމުތަކާއި ޚިދުމަތްތައް ފުރިހަމައަށް ހަމަޖެއްސުމަށް މަގުފަހިވެގެންދާނެ ކަމަށް އިސްލާމީކަންތައްތަކާއި ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.

މި ކޮންފަރެންސްގެ ތެރެއިން ޑެޕިއުޓީ މިނިސްޓަރ ޢުޞާމް މުޙައްމަދު ސަޢީދު ވަނީ ސަޢޫދީ ޢަރަބިއްޔާގެ މިނިސްޓަރ އޮފް ޙައްޖު އެންޑް ޢުމްރާ ޑރ. ތައުފީޤު ބިން ފައުޒާން އަލްރަބީޢާ އާ ވެސް ބައްދަލުކުރައްވާފައެވެ.



ދިވެހި ޙައްޖާޖީންގެ އިންތިޒާމްތައް ހަރުދަނާކުރުމަށް ދިވެހި ސަރުކާރުން އަބަދުވެސް ގިނަ މަސައްކަތްތަކެއް ކުރައްވައެވެ. އެގޮތުން، ދިވެހިރާއްޖެއިން އަންނަ އަހަރަށް ތައްޔާރުވަމުން އަންނައިރު ޙައްޖު ކިޔޫގައި 3 އަހަރުވެފައިވާ ޢުމުރުން 70 އަހަރުން މަތީގެ އެންމެނަށް 1448 ވަނަ އަހަރު ޙައްޖުވުމަށް ފުރުސަތުދިނުމަށް ވަނީ ނިންމާފައެވެ.

Ads by Ministry of Arts, Culture and Heritage

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450