Ads by Farudhun

ޚަބަރު

އިޙްތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫޢު އިފްތިތާޙުކުރުމަށް މިރޭ ހަވާ އަރުވަނީ

އިޙްތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫޢު އިފްތިތާޙުކުރުމަށް މިރޭ ހަވާ އަރުވަނީ

ހަވާ އެރުވުން--

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

14 ނޮވެމްބަރު 2026، 10:41

14 ނޮވެމްބަރު 2026، 10:41

ޤައުމީ ފެންވަރުގައި "އިޙްތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫއު" ފެށުމަށް ބާއްވާ ޚާއްޞަ ރަސްމިއްޔާތަށްފަހު މިރޭ ހަވާ އެރުވުމަށް ހަމަޖެހިފައިވާ ކަމަށް ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.

އެ ވުޒާރާއިން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި މިރޭ ހަވާ އެރުވުން އޮންނާނީ 09:40 އާއި 10:30 އާ ދެމެދު، ގާތްގަނޑަކަށް 3 މިނެޓުގެ ވަގުތުކޮޅަކަށެވެ. ޤައުމީ ފެންވަރުގައި ކުރިއަށްގެންދާ މި ކެމްޕޭން ރަސްމީކޮށް އިފްތިތާޙު ކުރުމުގެ ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ މިރޭ މާފަންނު ޓްރެކް ސަރަޙައްދުގައެވެ.

ދިވެހީންގެ ތެރޭގައި އިހުގައި އޮތް އެކަކު އަނެކަކަށް އިޙުތިރާމްކުރުމުގެ އާދަކާދަ ދިރުވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅުގައި ހިމެނިގެން ކުރިއަށްގެންދާ "އިޙްތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫޢު" އަކީ 5 އަހަރު ދުވަހުގެ މުއްދަތަށް މުޅި ރާއްޖޭގައި ހިންގުމަށް ހަމަޖެހިފައިވާ ޤައުމީ މަޝްރޫއެކެވެ. މި މަޝްރޫޢުގެ ޝިޢާރަކީ "އިޙުތިރާމުގެ އުފާ މުޖުތަމަޢުގެ ނަފާ" އެވެ.

މިއީ ދިވެހިންގެ ތެރޭގައި އޮތް އެކުވެރިކަމުގެ ރޫހާއި، އިޖުތިމާއީ ފޭރާން ގެއްލި ޒުވާނުންނާއި، މުޖުތަމައުގައި ބައިބައިވުން އުފެދި އެއްބަޔަކު އަނެއްބަޔަކު އޭރު އުޅެމުން އައި ހިތްހަމަޖެހޭ އެކުވެރި މާހައުލު ގެއްލެމުންދާކަމުގެ ކަންބޮޑުވުމަށް ހައްލެއް ހޯދުމަށް ޤައުމީ ފެންވަރުގައި އެންމެން ގުޅިގެން މަސައްކަތް ކުރުމުގެ މަޤްސަދުގައި ސަރުކާރުން ފައްޓަވަން ނިންމެވި ކެމްޕެއިނެކެވެ.

  މި ޤައުމީ މަޝްރޫޢު ހިންގުމުގައި އިސްކޮށް ހަރަކާތްތެރިވަނީ ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާގެ އިތުރުން ޕަބްލިކް ސަރވިސް މީޑިއާ (ޕީއެސްއެމް) އެވެ.

Ads by MSS

Ads by Ministry of Arts, Culture and Heritage

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450