ކުޅިވަރު / ޚަބަރު

ބައިނަލްއަގްވާމީ ބެޑްމިންޓަން މުބާރާތުން ލައިބާ ހޯދި ކާމިޔާބަށް ރައީސް މަރުހަބާ ދަންނަވައިފި

ބައިނަލްއަގްވާމީ ބެޑްމިންޓަން މުބާރާތުން ލައިބާ ހޯދި ކާމިޔާބަށް ރައީސް މަރުހަބާ ދަންނަވައިފި

ރާއްޖޭގެ ލައިބާ އަހުމަދު މަހުލޫފް ރަން މެޑަލްތަކާއެކު ---

09 ޖޫން 2025، 03:29

އަރުމޭނިއާގައި ކުރިޔަށް ދިޔަ ޖޫނިއަރ ބެޓްމިންޓަން މުބާރާތަކުން ރާއްޖޭގެ ލައިބާ އަޙްމަދު މަޚްލޫފް ތިން ރަން މެޑަލް ހޯދުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މަރުހަބާ ދަންނަވައިފިއެވެ.

"އަރުމޭނިއަން ޔޫތް އޯޕަން 2025" ގެ ތިން ކެޓަގަރީއެއްގައި ވާދަކޮށް އުމުރުން 12 އަހަރުގެ ލައިބާ މި ހޯދި ކާމިޔާބަކީ ޖޫނިއަރ ބެޑްމިންޓަން މުބާރާތެއްގައި ރާއްޖެއަށް ނިސްބަތްވާ ކުޅުންތެރިއަކު ރަން މެޑަލް ހޯދި ފުރަތަމަ ފަހަރެވެ.

ރައީސުލްޖުމްހޫރިއްޔާގެ ތަޙުނިޔާ މެސެޖުގައި ވިދާޅުވީ، ލައިބާއަކީ ކުޅިވަރުގައި ރަނގަޅު މުސްތަޤްބަލެއް ހޯދަން މަސައްކަތްކުރާ ކޮންމެ ކުއްޖަކަށް ނަމޫނާއެއް ކަމަށެވެ. 



އަދި ލައިބާއަށް އިތުރު ކާމިޔާބީއާއި ރަން ވަނަތަކަށް އެދިވަޑައިގަންނަވާ ކަމަށާއި، ހިތްވަރާއި ހުނަރުވެރިކަމާއެކު ކުރިއަށް ދިއުމަށް އެދިވަޑައިގެން ރައީސް ވަނީ ހިތްވަރު ދެއްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ސޯޝަލް މީޑިއާގައި މި ޙިއްސާ ކުރެއްވި މެސެޖާ ގުޅިގެން، ލައިބާގެ ބައްޕަ އަދި ކުރީގެ ޔޫތު މިނިސްޓަރު އަޙުމަދު މަޚުލޫފް ވިދާޅުވީ، ރައީސް މަރުޚަބާ ވިދާޅުވުމަކީ ލައިބާ އަށާއި އާއިލާއަށް ލިބުނު ހިތްވަރެއް ކަމަށެވެ. 



އަދި ލައިބާގެ ކުރިއެރުމަށް ސަރުކާރުން ފޯރުކޮށްދެމުންދާ އެހީތެރިކަމަށް ވެސް ޝުކުރު ދެންނެވިއެވެ.

ބައިނަލްއަޤުވާމީ މުބާރާތްތަކާއި އަދި ޤައުމީ މުބާރާތްތަކުގެ ކާމިޔާބީތައް ފާހަގަކުރައްވާ، ލައިބާގެ އިތުރު ކުރިއެރުމަށް ސަރުކާރުގެ އަރުތަ ޕްރޮގްރާމުގައި ހިމަނުއްވާދެއްވިކަމަށްޓަކައި މަނިކުފާނަށް އަދި ކުޅިވަރާއިބެހޭ ވަޒީރު ރާފިއުއަށް  ވަރަށްބޮޑަށް ޝުކުރުދަންނަވަން.

މަޚްލޫފް ވިދާޅުވިއެވެ.

މި މުބާރާތުގައި ލައިބާ ވާދަކޮށްފައި ވަނީ ސިންގަލްސް، ޑަބަލްސް އަދި މިކްސްޑް ޑަބަލްސް އިވެންޓުގައެވެ.

ބައިނަލްއަގްވާމީ މުބާރާތްތަކުގައި އަމިއްލަގޮތުން ވާދަކުރަމުން އަންނަތާ މިހާރު ގާތްގަނޑަކަށް ތިން އަހަރުވެފައިވާ ލައިބާ ވަނީ ޔޫރަޕްގެ އެކި މުބާރާތްތަކުގައި ވާދަކޮށް 5 ރިލި މެޑަލް އަދި 15 ލޯ މެޑަލް ހޯދާފައެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS