Ads by Stelco

ޚަބަރު

ދުނިޔޭގެ ޞިއްޙަތު ފެށެނީ ކަނޑުތަކުގެ ދުޅަހެޔޮކަމުން ކަމަށް ރައީސް މުޢިއްޒު ވިދާޅުވެއްޖެ

ދުނިޔޭގެ ޞިއްޙަތު ފެށެނީ ކަނޑުތަކުގެ ދުޅަހެޔޮކަމުން ކަމަށް ރައީސް މުޢިއްޒު ވިދާޅުވެއްޖެ

ރައީސް ޑރ މުޙައްމަދު މުއިއްޒު. ފޮޓޯ: ރައީސް އޮފީސް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

08 ޖޫން 2025، 12:30

08 ޖޫން 2025، 12:30

ދުނިޔޭގެ ޞިއްޙަތު ފެށެނީ ކަނޑުތަކުގެ ދުޅަހެޔޮކަމުން ކަމަށް ރައީސް ޑރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއްވެ.

ރައީސް މުޢިއްޒު މިހެން ވިދާޅުވީ މިއަދު ފާހަގަކުރާ ދުނިޔޭގެ ކަނޑުތަކުގެ ދުވަހާ ގުޅިގެން އެކްސަްގައި ކުރެއްވެވި ޕޯސްޓެއްގައެވެ.

ރައީސް ވިދާޅުވީ ދުނިޔޭގެ ސިއްހަތު ފެށެނީ ކަނޑުތަކުގެ ދުޅަހެޔޮކަމުން ކަމަށާއި، ރާއްޖެ ފަދަ ޖަޒީރާ ޤައުމުތަކަށް ކަނޑަކީ ހަމައެކަނި ވަސީލަތެއް ނޫން ކަމަށެވެ. އަދި ކަނޑަކީ މަސްވެރިކަމާއި، ފަތުރުވެރިކަމާއި އަދި އެހެނިހެން ގޮތްގޮތުން ވެސް ރާއްޖެ ފަދަ ޤައުމުތަކުގެ ދިރިއުޅުމުގެ މައިގަނޑު ބިންގާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. 

ރައީސް މުޢިއްޒު އިތުރަށް ފާހަގަކުރެއްވި ގޮތުގައި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކަނޑުގެ ފެން ހޫނުވެ، މަސްތައް އުޅޭ ސަރަހައްދުތަކަށް ބަދަލު އައިސް، އަދި ގޮނޑުދޮށްތައް ގިރަމުންދާކަން ފާހަގަކުރެއްވިއެވެ.

"ދުނިޔޭގެ ކަނޑުތަކުގެ ދުވަހުގައި، އަޅުގަނޑުމެން އެންމެންގެ ދިރިއުޅުން ބިނާވެފައިވާ ކަނޑުތައް ދެނެގަނެ، އިހްތިރާމްކޮށް އަދި ހިމާޔަތްކުރުމަށް އަޅުގަނޑުމެންގެ އަޒުމް އާކުރަމާ ހިންގަވާ،" ރައީސް މުޢިއްޒު ވިދާޅުވިއެވެ.

ދުނިޔޭގެ ކަނޑުތަކުގެ ދުވަސް ފާހަގަކުރުމުގެ މައިގަނޑު މަޤްސަދަކީ ކަނޑުތަކުގެ މުހިންމުކަމާއި، އެތަންތަން ހިމާޔަތްކުރުމުގެ މުހިންމުކަން ފާހަގަކޮށް، އާންމުންގެ ހޭލުންތެރިކަން އިތުރުކުރުމެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS