ޚަބަރު
ލ. ގަމުގައި ހިނގި އެކްސިޑެންޓެއްގައި ދެ މީހަކަށް އަނިޔާވެއްޖެ

ލ.ގަން ލިންކަރޯޑް. ފޮޓޯ: ސަން
ހުލާސާ
ލ. ގަމު ލިންކް ރޯޑުގައި އިއްޔެ ހަވީރު ހިނގި އެކްސިޑެންޓެއްގައި ސައިކަލެއްގައި ދުއްވަމުން ދިޔަ ދެ މީހަކަށް އަނިޔާވެއްޖެއެވެ.
މި އެކްސިޑެންޓް ހިނގާފައިވަނީ އުތުރުން ދެކުނަށް ދުއްވަމުން ދިޔަ ސައިކަލަކާއި ކާރަކާ ޖެހިގެންނެވެ.
ފުލުހުން މައުލޫމާތު ދެއްވާގޮތުގައި މި އެކްސިޑެންޓް ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ އިއްޔެ ހަވީރު 19:03 ގައެވެ. އެކްސިޑެންޓްގައި ސައިކަލު ދުއްވަމުން ދިޔަ 44 އަހަރުގެ ދިވެހި ފިރިހެން މީހާގެ ކަނާތު ފައިގެ ދެ ތަނަކުން ބިނދި ބޮޑެތި އަނިޔާތަކެއް ވެފައިވެއެވެ.
މީގެއިތުރުން، ސައިކަލުގައި ފަހަތުގައި އިން 44 އަހަރުގެ އަނެއް ދިވެހި ފިރިހެން މީހާގެ ބޮލުގެ ދެ ތަނަކުން ފެޅި، ކަނާތު ފައިގެ ދެ ތަނަކުން ބިންދި، އިތުރު އަނިޔާތަކެއް ވެފައިވާކަމަށް ފުލުހުން މައުލޫމާތު ދެއްވިއެވެ. ނަމަވެސް، އެކްސިޑެންޓްގައި ހިމެނޭ ކާރު ދުއްވި 62 އަހަރުގެ ދިވެހި ފިރިހެން މީހާއަކަށް އެއްވެސް އަނިޔާއެއް ވެފައެއް ނުވެއެވެ.
މި އެކްސިޑެންޓްގައި ދެ އުޅަނދަށްވެސް ވަނީ އެކި ވަރުގެ ގެއްލުން ލިބިފައެވެ. މި މައްސަލައިގެ ތަހުގީގު ފުލުހުން ދަނީ ކުރިއަށް ގެންދަމުންނެވެ.