Ads by Stelco

ޚަބަރު

ކާބޯތަކެތީގެ ރައްކާތެރިކަމަކީ އާންމު ޞިއްޙަތާއި އިޤްތިޞާދީ ހަމަޖެހުމާވެސް ގުޅިފައިވާ ކަމެއް: ރައީސް މުޢިއްޒު

ކާބޯތަކެތީގެ ރައްކާތެރިކަމަކީ  އާންމު ޞިއްޙަތާއި އިޤްތިޞާދީ ހަމަޖެހުމާވެސް ގުޅިފައިވާ ކަމެއް: ރައީސް މުޢިއްޒު

ރައީސް ޑރ މުޙައްމަދު މުޢިއްޒު. ފޮޓޯ: ރައީސް އޮފީސް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

07 ޖޫން 2025، 03:20

07 ޖޫން 2025، 03:20

 ކާބޯތަކެތީގެ ރައްކާތެރިކަމަކީ އާންމު ޞިއްޙަތާއި އިޤްތިޞާދީ ހަމަޖެހުމާވެސް ގުޅިފައިވާ ކަމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. 

 ރައީސް މުއިއްޒު މިހެން ވިދާޅުވީ މިއަދު ފާހަގަކުރާ "ވޯލްޑް ފުޑް ސޭފްޓީ ޑޭ" އާ ގުޅިގެން ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ. 

ރައީސް މުޢިއްޒު ވިދާޅުވީ ކާބޯތަކެތީގެ ރައްކާތެރިކަމަކީ އަޅުގަނޑުމެންގެ ތެރެއިން ކޮންމެ މީހަކަށްވެސް އަސަރުކުރާ ކޮންމެ ދުވަހެއްގެވެސް ދިރިއުޅުމާ ގުޅިފައިވާ މައްސަލައެއް ކަމަށާއި، މިއީ އާންމު ޞިއްޙަތާއި އިޤްތިޞާދީ ހަމަޖެހުމާވެސް ގުޅިފައިވާ ކަމެއްކަމަށެވެ.

ރައީސް މުޢިއްޒު ވިދާޅުވި ގޮތުގައި، ރައްޔިތުން ބޭނުންކުރާ ކާނާއަކީ ރައްކާތެރި، ހަށިގަނޑަށް ފައިދާހުރި އަދި އިތުބާރުކުރެވޭ ކާނާއަކަށް ހެދުމަށް ސަރުކާރުން އަބަދުވެސް މަސައްކަތްކުރަމުންދެއެވެ. އެހެންކަމުން، ކާބޯތަކެތީގެ ރައްކާތެރިކަމަކީ ސަރުކާރުން އިސްކަންދޭ ކަމެއްގެ ގޮތުގައި ދެމިއޮންނާނެ ކަމެކެވެ.

މިއަހަރުގެ ދުނިޔޭގެ ކާބޯތަކެތީގެ ރައްކާތެރިކަމުގެ ދުވަހުގެ ޝިޢާރަކީ "ފުޑް ސޭފްޓީ: ސައިންސް އިން އެކްޝަން" އެވެ. މި ޝިޢާރާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް މުޢިއްޒު ވަނީ ކާބޯތަކެތީގެ ޒަރިއްޔާއިން ޖެހޭ ބަލިތައް ދެނެގަނެ، އެކަންކަމުން ރައްކާތެރިވުމަށް ސައިންޓިފިކް ދިރާސާތަކާއި، އެވިޑެންސް ބޭސްޑް މެތަޑްތަކުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ.

ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ (ޑަބްލިޔުއެޗްއޯ) ގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ނުރައްކާތެރި ކާނާގެ ސަބަބުން ދުވާލެއްގެ މައްޗަށް އެވްރެޖްކޮށް 1.6 މިލިޔަން މީހުން ބަލިވެއެވެ. އަދި ސާފުތާހިރުކަން ކުޑަކޮށް ތައްޔާރުކޮށްފައި ހުންނަ ކާނާގެ ބާވަތްތަކާއި ނުރައްކާތެރި ކާނާ ބޭނުންކުރުމުން 200 އަށްވުރެ ގިނަ ބާވަތުގެ ބަލިތައް ޖެހުމުގެ ފުރުޞަތު އޮވެއެވެ.

ރައީސް މުޢިއްޒު ވިދާޅުވި ގޮތުގައި، ރައްޔިތުން ބޭނުންކުރާ ކާނާއަކީ ރައްކާތެރި، ހަށިގަނޑަށް ފައިދާހުރި އަދި އިތުބާރުކުރެވޭ ކާނާއަކަށް ހެދުމަށް ސަރުކާރުން އަބަދުވެސް މަސައްކަތްކުރަމުންދެއެވެ. އެހެންކަމުން، ކާބޯތަކެތީގެ ރައްކާތެރިކަމަކީ ސަރުކާރުން އިސްކަންދޭ ކަމެއްގެ ގޮތުގައި ދެމިއޮންނާނެ ކަމެކެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS