ދީން / ޚަބަރު

މާތްﷲ އިންސާނުން ހައްދަވާފައިވަނީ އެއްބަނޑު އެއްބަފާ ބައެއްގެ ގޮތުގައި، އެކަކު އަނެކަކަށް އެހީތެރިވާންޖެހޭ :ޚުތުބާ

މާތްﷲ އިންސާނުން ހައްދަވާފައިވަނީ އެއްބަނޑު އެއްބަފާ ބައެއްގެ ގޮތުގައި، އެކަކު އަނެކަކަށް އެހީތެރިވާންޖެހޭ :ޚުތުބާ

މާލޭ އިސްލާމީ މަރުކަޒު ފޮޓޯ:އިންޓަނެޓް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

06 ޖޫން 2025، 04:09

06 ޖޫން 2025، 04:09

މިއަދުގެ ހުކުރު ޚުތުބާގައި، އިޖުތިމާޢީ ފޭރާން ރަނގަޅުކޮށް އަމާން މުޖުތަމަޢެއް ބިނާކުރުމަށް އެކަކު އަނެކަކާ އެކުވެރި ގުޅުމެއް ބަދަހިކުރުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ.
ޚުތުބާގައި ވިދާޅުވި ގޮތުގައި، މާތްﷲ އިންސާނުން ހައްދަވާފައިވަނީ އެއްބަނޑު އެއްބަފާ ބައެއްގެ ގޮތުގައި، އެކަކު އަނެކަކަށް އެހީތެރިވާންޖެހޭ ގޮތަށެވެ. ކޮންމެ އިންސާނަކީވެސް އެހެން މީހުންގެ އެހީތެރިކަމާއި އަޅާލުން ބޭނުންވާނެ މީހެއްކަމަށާއި، މުޞީބާތާއި ތަކުލީފުގެ ވަގުތުގައި އެހެން މީހުންގެ ހިތާމަތަކުގައި ބައިވެރިވެ، އެހީތެރިކަން ފޯރުކޮށްދިނުމަކީ އީމާންކަން ފުރިހަމަވުމުގެ ރަމްޒެއްކަމަށް ވިދާޅުވިއެވެ.
ޚާއްޞަ އެހީއަށް ބޭނުންވާ މީހުންނާއި، ތެލަސީމިއާ ކުދިންނާއި، ޔަތީމު ކުދިންނާއި އަޅާލާނެ ބަޔަކު ނެތް ކުދިންނަށް އޯގާތެރިކޮށް ހިތުމަށް ޚުތުބާގައި ގޮވާލެއްވިއެވެ. މި ކުދިންނާއި އެކުދިންގެ ބެލެނިވެރިންނަށް އެހީތެރިވުމަކީ މުޖުތަމަޢުގެ ޒިންމާއެއްކަމަށް ފާހަގަކުރެއްވިއެވެ.
އިސްލާމީ އުޚުއްވަތްތެރިކަމުގެ މުހިންމުކަން ފާހަގަކުރައްވައި، ކޮންމެ މުސްލިމަކީވެސް މި އުޚުއްވަތްތެރިކަމުގެ ހަށިގަނޑުގެ ބައެއްކަން ވިދާޅުވިއެވެ. އަދި އަމިއްލަ ނަފުސަށް ލޯބިކުރާ ކަމެއް އަނެކާއަށްވެސް ލިބުމަށް ލޯބިކުރުމަކީ އީމާންކަން ފުރިހަމަވުމުގެ ބައެއްކަމަށް ވިދާޅުވިއެވެ.
ނިންމަވާލައްވަމުން ވިދާޅުވީ، އަމާން މުޖުތަމަޢެއް ބިނާކުރެވޭނީ އެމުޖުތަމަޢެއްގެ އަފުރާދުން އެކަކު އަނެކަކާ އެކުވެރިވެ، އެއްބަނޑު އެއްބަފާ ބަޔަކަށް ވެގެންކަމަށެވެ. އަދި މިފަދަ އެކުވެރިކަމާއި އުޚުއްވަތްތެރިކަމުގެ ސަބަބުން އެހީތެރިވުމާއި، އިޙްސާންތެރިވުމާއި، މަޢާފުކުރުން ފަދަ ރިވެތި އަޚުލާޤީ ސިފަތައް މުޖުތަމަޢުގައި އަށަގަންނާނެކަމަށް ވިދާޅުވިއެވެ.

                    

މި ލިޔުން ކިޔާލުމުން