Ads by Stelco

ޚަބަރު

އަޟްޙާ ޢީދު ޤައުމީ ފެންވަރުގައި ފާހަގަކުރުން ޝަރަފުވެރިކޮށްދެއްވުމަށް ވަޒީރު އާދަމް ނަޞީރު އިބްރާހީމް ކ. ގުރައިދުއަށް

އަޟްޙާ ޢީދު ޤައުމީ ފެންވަރުގައި ފާހަގަކުރުން ޝަރަފުވެރިކޮށްދެއްވުމަށް ވަޒީރު އާދަމް ނަޞީރު އިބްރާހީމް ކ. ގުރައިދުއަށް

ދިވެހިބަހާއި ސަގާފަތާ ތަރިކައާ ބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހީމް ފޮޓޯ:ސަރުކާރު

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

06 ޖޫން 2025، 03:35

06 ޖޫން 2025، 03:35

1446ވަނަ އަހަރުގެ އަޟްޙާ ޢީދު ޤައުމީ ފެންވަރުގައި ފާހަގަކުރުމަށް ހަމަޖެހިފައިވާ ކ. ގުރައިދޫގެ ހަރަކާތްތައް ޝަރަފުވެރިކޮށްދެއްވުމަށް ދިވެހިބަހާއި ސަގާފަތާ ތަރިކައާ ބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހީމް  އެ ރަށަށް ވަޑައިގެންފިއެވެ. 

ބަނދަރުމަތިން އެމަނިކުފާނަށް ރައްޔިތުންގެ މަޖްލީސްގެ މާފުށީ ދާއިރާގެ ޢިއްޒަތްތެރި މެމްބަރު ޙުސައިން ރިޟާ އާދަމް، ރަށު ކައުންސިލާއި ރަށުގެ ގިނަ ބަޔަކު ނިކުމެ މަރުހަބާ ދަންނަވާފައިވެއެވެ.

މި އަހަރު އަޟްޙާ ޢީދު ސަރުކާރުން ތިން ރަށެއްގައި ފާހަގަކުރާއިރު، މާލެ އާ އެންމެ ކައިރިން ފާހަގަކުރާ ރަށަކީ ގުރައިދޫއެވެ. ގުރައިދޫގައި ވެސް ޢީދާއި ގުޅިގެން ގިނަ ސަގާފީ ހަރަކާތްތަކެއް ތައްޔާރުވަމުން އަންނަ އިރު، މިރޭ އެ ރަށުގައި ވެދުމާ ދިއުމާއި، ޢީދު މަޅި ލުން ކުރިއަށްގެންދާނެއެވެ.

ގުރައިދޫގައި ޢީދު ފާހަގަކުރުމަށް ބާއްވާ ކުލަގަދަ ހަރަކާތްތަކުގައި ވަޒީރު ބައިވެރިވެވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ. މި ފަހަރުގެ ހަރަކާތްތަކުގެ ތެރޭގައި ކޯޑި ކެނޑުމާއި، ސަގާފީ ހަރަކާތްތަކާއި ޢީދު ޝޯތަކުގެ އިތުރަށް ހަވާ އެރުވުން ވެސް ކުރިއަށްދާނެއެވެ.
މި ހަރަކާތްތައް ޕީއެސްއެމުން ވަގުތުން ދުރަށް ދެއްކުމަށް ވަނީ ހަމަޖެހިފައެވެ. މިއީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޢީދު ފާހަގަކުރާ ގޮތް ދިވެހި ރައްޔިތުންނަށް ދައްކައިދިނުމަށް ސަރުކާރުން ކުރާ މަސައްކަތުގެ ބައެކެވެ.

                    

މި ލިޔުން ކިޔާލުމުން

Ads by MSS