ޚަބަރު
ދެން ޕޯސްޓު އޮފީސް ހުޅުވާނީ ހޮނިހިރު ދުވަހު

ޕޯސްޓު އޮފީސް، ފޮޓޯ: މިހާރު
މި ދުވަސްވަރު ގިނަ ބަޔަކު ޚިދުމަތް ހޯދަމުންދާ ޕޯސްޓު އޮފީހުން ދެން ޚިދުމަތް ދޭނީ މިއަންނަ ހޮނިހިރު ދުވަހުކަމަށް އެ އޮފީހުން ހާމަކޮށްފިއެވެ.
ގިނަ ދިވެހިންނަކީ މިހާރު އޮންލައިން ވިޔަފާރިއަށް ފަރިތަ ބައެއްކަމުން، ރާއްޖެއިން ބޭރުން އޯޑަރުކުރާ ތަކެތި ގެއާ ހަމައަށް ނުވަތަ ރަށާ ހަމައަށް އަންނަނީ ޕޯސްޓު އޮފީސް މެދުވެރިކޮށެވެ.
އަދި ޢިދާ ދިމާކޮށް ގިނަ ބަޔަކު އެއްފަހަރާ ރާއްޖެއިން ބޭރުން ސާމާނު ގެންނަން އޯޑަރުކޮށްފައިވާއިރު، މެދުނުކެނޑި، ރެއާދުވާލު ޕޯސްޓު އޮފީހުގެ މުވައްޒަފުން މަސައްކަތް ކުރަމުން ދިޔަ ނަމަވެސް، ތަކެތި ދޫކުރުމުގައި ވަނީ ލަސްތަކެއް އައިސްފައެވެ. އޯޑަރުތައް އިންތިހާއަށް ގިނަވީއެވެ.
ޕޯސްޓު އޮފީހުން ހާމަކޮށްފައިވާ ގޮތުގައި އީދުގެ ފަހު 3 ދުވަހު އެ އޮފީސް ހުޅުވާނެއެވެ. އެގޮތުން މި މަހުގެ 7، 8 އަދި 9 ވަނަ ދުވަހު ޕޯސްޓް ބިލްޑިންއިންނާއި ހުޅުމާލެ ޕޯސްޓު އޮފީސް އަދި ވެލާނާގެ ކައުންޓަރުތަކުން ޚިދުމަތްދޭނެއެވެ. މި ތަންތަނުން ޚިދުމަތް ދިނުމަށް ހަމަޖައްސާފައިވަނީ ހެނދުނު 10:00 އިން މެންދުރުފަހު 3:00 އަށެވެ.
މީގެ އިތުރުން، ޕިކްޕޯސްޓުގެ ޚިދުމަތް 24 ގަޑިއިރު ލިބިލައްވާނެކަމަށް އެ އޮފީހުން ހާމަކުރެއެވެ.