Ads by Stelco

ޚަބަރު

ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ވިސްނުން ގެންގުޅުއްވާކަމަށް ރައީސް ނަޝީދު ހާމަކުރައްވައިފި

ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ވިސްނުން ގެންގުޅުއްވާކަމަށް ރައީސް ނަޝީދު ހާމަކުރައްވައިފި

ރައީސް ނަޝީދު ---

04 ޖޫން 2025، 07:29

މީގެ ތިން އަހަރު ފަހުން، 2028 ގައި އޮންނަ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމުގެ ވިސްނުން ގެންގުޅުއްވާކަމަށް، ގިނަ ދުވަސްތަކެއް ވަންދެން މައި އިދިކޮޅު ޕާޓީގެ ލީޑަރެއްގެ މަޤާމުގައި ހުންނެވި މުޙައްމަދު ނަޝީދު ހާމަކުރައްވައިފިއެވެ. 

ރައީސް ނަޝީދު އެކަން ހާމަކުރެއްވީ ދަ ޑިމޮކްރެޓްސް އާއި އެމްޑީޕީގެ މެންބަރުންނަށް ފޮނުވި މެސެޖެއްގައެވެ. އެ މެސެޖުގައި އެ މަނިކުފާނު ވިދާޅުވީ، އިންތިހާބުގައި ވާދަކުރެއްވުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށާއި، އެކަމާ ގުޅިގެން އެ މެންބަރުންނަށް ފެންނަ ގޮތެއް ޙިއްސާކުރެއްވުމަށެވެ. 

އެމްޑީޕީ އުފެދުނީއްސުރެން އެ ޕާޓީގެ އެންމެ އިސް ސަފުގައި ހުންނެވުމަށްފަހު ރައީސް ނަޝީދު އެ ޕާޓީއިން ވަކިވެވަޑައިގެންނެވީ 21 ޖޫން 2023 ގައެވެ. އެއީ 2023 ވަނަ އަހަރު އޮތް ރިޔާސީ އިންތިހާބުގެ ވާދަވެރިކަން ބޮޑުވެ، އެމްޑީޕީ ބައިބައިވުމަށްފަހުއެވެ.

އަދި އޭގެ ފަހުން ނަޝީދު ވަނީ އެމްޑީޕީގެ ގިނަ މެންބަރުންތަކަކާއެކު ދަ ޑިމޮކްރެޓްސްގެ ނަމުގައި އައު ޕާޓީއެއް، އެ އަހަރުގެ އިންތިހާބުގެ ކުރިން އުފައްދާފައެވެ. މިކަން ވެގެންދިޔައީ އެ އަހަރުގެ އިންތިހާބު ރައީސް އިބްރާޙިމް މުޙައްމަދު ޞާލިހަށާއި އެމްޑީޕީއަށް ގެއްލުނު މައިގަނޑު ސަބަބަށްކަމަށް، ސިޔާސީ މާހިރުން ފާހަގަކުރައްވައެވެ.

ރައީސް ނަޝީދު ތުހުމަތުކުރައްވަނީ، އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ރައީސް ޞާލިހް ކާމިޔާބުކުރެއްވީ ވޯޓުލާ މީހުންގެ ލިސްޓު ގަޑުބަޑުކޮށްގެން ކަމަށެވެ. 

ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމުގެ ޝައުގުވެރިކަން ނަޝީދު ފާޅުކުރައްވާފައިވާއިރު، އެ މަނިކުފާނު މިދިޔަ އޭޕްރީލް މަހު ވަނީ އެމްޑީޕީ އާއި ޑިމޮކްރެސްޓް ގުޅުމަށް ބޭނުންފުޅުވާކަން ހާމަކުރައްވާފައެވެ. އެއީ ރާއްޖޭގެ ސިޔާސީ މަސްރަހަށް އެންމެ ރަނގަޅު ގޮތް ކަމަށް ނަޝީދު ވިދާޅުވި އެވެ.

މީގެ އިތުރުން، އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރުމަށް ގިނަ ކެނޑިޑޭޓުންތަކެއް ތައްޔާރުވަމުން އަންނަ ކަމަށް ވަނީ މަޢުލޫމާތު ލިބިފައެވެ. 

މި ލިޔުން ކިޔާލުމުން

Ads by MSS