Ads by Stelco

ޚަބަރު

މާލޭ އުތުރު ބަނދަރުގެ ސަރަހައްދު ތަރައްޤީކުރުމަށް އެމްޕީއެލް އާއި ދަތުރުފަތުރާ ބެހޭ ވުޒާރާއާއި ދެމެދު އެއްބަސްވުމެއްގައި ސޮއިކުރެވިއްޖެ

މާލޭ އުތުރު ބަނދަރުގެ ސަރަހައްދު ތަރައްޤީކުރުމަށް އެމްޕީއެލް އާއި ދަތުރުފަތުރާ ބެހޭ ވުޒާރާއާއި ދެމެދު އެއްބަސްވުމެއްގައި ސޮއިކުރެވިއްޖެ

އެމްޕީއެލް އާއި ދަތުރުފަތުރާބެހޭ ވުޒާރާއާއި ދެމެދު އެއްބަސްވުމުގައި ސޮއިކުރެވުން. ފޮޓޯ: އެމްޕީއެލް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

04 ޖޫން 2025، 06:09

04 ޖޫން 2025، 06:09

މާލޭ އުތުރު ބަނދަރުގެ ސަރަހައްދު ތަރައްޤީކުރުމަށް އެމްޕީއެލް އާއި ދަތުރުފަތުރާ ބެހޭ ވުޒާރާއާއި ދެމެދު އެއްބަސްވުމެއްގައި ސޮއިކުރެވިއްޖެ

މާލޭ އުތުރު ބަނދަރުގެ ސަރަހައްދު ތަރައްޤީކޮށް، އެ ސަރަހައްދުގެ ޚިދުމަތްތައް އިތުރަށް ފުޅާކުރުމަށްޓަކައި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އާއި ދަތުރުފަތުރާއި ބެހޭ ވުޒާރާއާއި ދެމެދު މިއަދު މެމޮރެންޑަމް އޮފް އަންޑަސްޓޭންޑިންގ (އެމްއޯޔޫ) އެއްގައި ސޮއިކޮށްފިއެވެ.

 މި އެއްބަސްވުމުގެ ދަށުން، އެމްޕީއެލްގެ ހިންގުމުގެ ދަށުގައިވާ ބަނދަރުގެ ސަރަހައްދު އިތުރަށް ފުޅާކުރެވި، މިހާރުގެ ބަނދަރާ އިންވެގެން ހުރި ސަރަހައްދު، މަސްމާރުކޭޓާ ހަމައަށް ހިމެނިގެންދާނެއެވެ.

މި މަޝްރޫޢުގެ ސަބަބުން މާލޭ އުތުރު ބަނދަރުގެ ޚިދުމަތްތައް އިތުރަށް ފުޅާވެ، ބަނދަރުގެ މަސައްކަތްތައް އިތުރަށް ހަރުދަނާވެގެންދާނެ ކަމަށް ބެލެވެއެވެ. 

މީގެއިތުރުން މި އެއްބަސްވުމުގެ ދަށުން ބަނދަރު ސަރަހައްދުގައި އިތުރު ވަސީލަތްތަކެއް ޤާއިމުކުރެވި، ކޮންޓެއިނަރ ޓަރމިނަލްގެ ޚިދުމަތްތައް ފުޅާކުރެވިގެންދާނެއެވެ. މީގެ އިތުރުން، ކަނޑު ދަތުރުފަތުރުގެ ޚިދުމަތްތައް އިތުރަށް ފުޅާކޮށް، ފަސިންޖަރުންނަށް ޚާއްސަ ވަކި ސަރަހައްދެއް ޤާއިމުކުރުމަށްވެސް ވަނީ ރޭވިފައެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS