ޚަބަރު
ހުޅުމާލެ ފޭސް-2 ގައި ތޫނު އެއްޗަކުން ބިދޭސީއަކަށް ހަމަލާދީފި

ހުޅުމާލެ ފޭސް-2 ---

ފަރުދުން
04 ޖޫން 2025، 06:26
04 ޖޫން 2025، 06:26
ހުޅުމާލެ ފޭސް-2 ގައި ތޫނު އެއްޗަކުން ބިދޭސީއަކަށް ހަމަލާދީ ޒަހަމްކޮށްލައިފިއެވެ.
ފޭސް-2ގެ ހިޔާ ޕާކު ސަރަޙައްދުގައި ރޭ ހިނގި މި ހާދިސާއާ ގުޅިގެން ފުލުހުން ހަރަކާތްތެރިވެފައި ވެއެވެ.
މި މައްސަލައާ ގުޅިގެން ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، ހުޅުމާލެ ފޭސް-2 ގައި ބިދޭސީއަކަށް ހަމަލާދީގެން ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ ކަމަށެވެ. ނަމަވެސް، އޭނާއަށް ލިބުނު އަނިޔާތަކުގެ ތަފްސީލެއް ފުލުހުން ހާމައެއް ނުކުރެއެވެ.
މި ހަމަލާ ދިން ހިސާބުގެ ބިން މައްޗަށް ލޭ އެޅިފައި ހުރިކަމަށް ވެސް ވަނީ މަޢުލޫމާތު ލިބިފައެވެ. އަދި އަނިޔާވި މީހާ ސްޓްރެޗަރގައި ހޮސްޕިޓަލަށް ގެންދާ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާންމުވެފައި ވެއެވެ.
މި މަހުގެ 1 ވަނަ ދުވަހުގެރޭ މާލޭގައި ވެސް ބިދޭސީއަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލާފައިވެއެވެ. އެ ހާދިސާގައި އަނިޔާވެފައި ވަނީ ބަނގުލަދޭޝްގެ ރައްޔިތަކަށެވެ.
އެ މައްސަލައިގައި ޝާމިލްވި މީހުންގެ މަޢުލޫމާތެއް ވެސް ފުލުހުން ހާމައެއް ނުކުރެއެވެ.