Ads by Stelco

ޚަބަރު

ރާއްޖޭގެ މޫސުމާ ބެހޭ ސްޓޭޝަންތައް ބައިނަލްއަޤްވާމީ ފެންވަރަށް އަޕްގްރޭޑް ކުރުުމާ ގުޅޭ ވޯކްޝޮޕެއް ބާއްވައިފި

ރާއްޖޭގެ މޫސުމާ ބެހޭ ސްޓޭޝަންތައް ބައިނަލްއަޤްވާމީ ފެންވަރަށް އަޕްގްރޭޑް ކުރުުމާ ގުޅޭ ވޯކްޝޮޕެއް ބާއްވައިފި

ރާއްޖޭގެ މޫސުމާބެހޭ އޮބްޒަވޭޝަން ސްޓޭޝަންތައް ބައިނަލްއަޤްވާމީ ފެންވަރަށް އަޕްގްރޭޑް ކުރުުމުގެ ޢަމަލީ މަސައްކަތް ފެށުމަށް ބޭއްވުނު ވޯކްޝޮޕް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

03 ޖޫން 2025، 10:29

03 ޖޫން 2025، 10:29

ރާއްޖޭގެ މޫސުމާބެހޭ އޮބްޒަވޭޝަން ސްޓޭޝަންތައް ބައިނަލްއަޤްވާމީ ފެންވަރަށް އަޕްގްރޭޑް ކުރުމުގެ މަޝްރޫޢުގެ އިފްތިތާހީ ވޯކްޝޮޕެއް މިއަދު ބާއްވައިފިއެވެ. 

މި މަޝްރޫޢަކީ ސިސްޓަމެޓިކް އޮބްޒަވޭޝަންސް ފައިނޭންސިންގ ފެސިލިޓީ (އެސް.އޯ.އެފް.އެފް) ގެ ދަށުން ފަންޑު ކުރެވޭ މަޝްރޫޢެކެވެ.

މި މަޝްރޫޢު ހިންގުމަށް ހަމަޖެހިފައިވަނީ ޔުނައިޓެޑް ނޭޝަންސް އެންވަޔަރަންމަންޓް ޕްރޮގްރާމް (ޔޫ.އެން.އީ.ޕީ) އާއި މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް (އެމް.އެމް.އެސް) ގުޅިގެންނެވެ. މި މަޝްރޫޢުގެ މައިގަނޑު މަޤްޞަދަކީ ރާއްޖޭގައި މިހާރު ޤާއިމުކުރެވިފައިވާ 4 އޮބްޒަވޭޝަން ސްޓޭޝަން އަޕްގްރޭޑްކޮށް، ނ. މާފަރުގައި އައު ސްޓޭޝަނެއް ޤާއިމުކުރުމެވެ.

ދިވެހިރާއްޖެއަކީ އދ. ގެ ސެކްރެޓަރީ ޖެނެރަލްގެ "އަރލީ ވޯނިންގްސް ފޯ އޯލް" އިނީޝިއޭޓިވްގެ ދަށުން އެހީ ލިބޭ ފުރަތަމަ 30 ޤައުމުގެ ތެރޭގައި ހިމެނޭ ޤައުމެކެވެ. މި މަޝްރޫޢުގެ ސަބަބުން ވޯލްޑް މީޓިއޮރޮލޮޖިކަލް އޯގަނައިޒޭޝަން (ޑަބްލިޔު.އެމް.އޯ) ގެ ގްލޯބަލް ބޭސިކް އޮބްޒަރވިންގ ނެޓްވޯކް (ޖީ.ބީ.އޯ.އެން) ގެ މިންގަނޑުތަކާ އެއްގޮތަށް ރާއްޖޭގެ މޫސުމާބެހޭ ވިއުގަ ތަރައްޤީ ކުރެވިގެންދާނެއެވެ.

މި މަޝްރޫޢުގެ ދަށުން އެމް.އެމް.އެސްގެ އައި.ސީ.ޓީ ސިސްޓަމްތައް ވަރުގަދަކޮށް، އިދާރީ އޮނިގަނޑާއި ޖެންޑަރ ޕޮލިސީއެއް އެކުލަވާލުމުގެ އިތުރުން، ޓެކްނިކަލް ތަމްރީނުތައް ހިންގުމަށްވެސް ވަނީ ހަމަޖެހިފައެވެ. މި މަސައްކަތުގައި ފިންލޭންޑްގެ މީޓިއޮރޮލޮޖިކަލް އިންސްޓިޓިއުޓް (އެފް.އެމް.އައި) އާއި ރީޖަނަލް އިންޓެގްރޭޓެޑް މަލްޓި-ހެޒާޑް އަރލީ ވޯނިންގ ސިސްޓަމް (ރައިމްސް) ގެ ފަންނީ އެހީތެރިކަން ލިބިގެންދާނެއެވެ.

މިއަދު ބޭއްވުނު އިފްތިތާހީ ވޯކްޝޮޕްގައި މަޝްރޫޢުގެ މަޤްޞަދުތަކާއި، ސްޓިއަރިންގ ކޮމިޓީގެ ޓާމްސް އޮފް ރެފަރެންސް (ޓީ.އޯ.އާރު) އަދި މަޝްރޫޢުގެ މަސައްކަތު ތާވަލާ ގުޅޭގޮތުން މަޝްވަރާކުރެވުނެވެ. މި ވޯކްޝޮޕްގައި ޤައުމީ އަދި ބައިނަލްއަޤްވާމީ ބައިވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ. 

މި ލިޔުން ކިޔާލުމުން

Ads by MSS