ޚަބަރު
ޑެންގޫ ވަރަށް ގިނަވެއްޖެ މަދިރި ހެފިޔަ ނުދޭތި: ޑރ ފައިޞަލް

ޑެންގޫ ފެތުރެނީ މަދިރީގެ ސަބަބުން.
ޑެންގޫ ގިނަވާތީ މަދިރި ހެފިޔަ ނުދިނުމަށް ކުޑަކުދިންގެ ބަލިތަކަށް ޚާއްސަ، ޑރ އަޙްމަދު ފައިސަލް އިލްތިމާސްކުރައްވައިފިއެވެ.
ޢާންމުގޮތެއްގައި ވެސް ވިއްސާރަކުރާ ދުވަސްވަރާއި ދިމާކޮށް ޑެންގޫ ހުން އިތުރުވެއެވެ. މިކަމުން ރައްކާތެރިވުމަށް އެންމެ މުހިންމު އެއްކަމަކީ މަދިރި އުފެދޭ ތަންތަން ނައްތާލުމެވެ.
ޑެންގޫ ހުމަކީ ފަސޭހައިން ފެތުރޭ ބައްޔެކެވެ. ޚާއްސަކޮށް ކުޑަކުދިންނަށް މި ބަލި ޖެހުމުން ނުރައްކާތެރި ހާލަތްތަކާ ކުރިމަތިލާން ޖެހިދެއެވެ. އެހެންކަމުން މަދިރި އާލާވާ ތަންތަން ނައްތާލުމަކީ ވަރަށް މުހިންމު ކަމެކެވެ.
ޑެންގޫ ވަރަށް ގިނަވެއްޖެ
— Ahmed Faisal (@Faisalnaifaru) June 3, 2025
މަދިރި ހެފިޔަ ނުދޭތި https://t.co/2T3Ch7t2mj
މާލެ ސަރަހައްދުގައި އެންމެ ގިނައިން ޑެންގޫ ކޭސްތައް ރިޕޯޓުކުރެވިފައިވާއިރު، އެއީ ޖުމްލަ ކޭސްތަކުގެ 60 ޕަސެންޓެވެ. އަދި އަތޮޅުތެރޭގައި އެންމެ ގިނައިން ކޭސްތައް ރިޕޯޓުކުރެވިފައިވަނީ އައްޑޫ ސިޓީންނެވެ.
ޑެންގޫ ހުމުގެ އަލާމާތްތަކުގެ ތެރޭގައި ހުން އައުމާއި، ބޮލުގައި ރިއްސުމާއި، ހަށިގަނޑުގައި ރިއްސުމާއި، ލޭ އެތެރެއަށް އެޅުމާއި، ވަރުބަލިވުން ހިމެނެއެވެ. މި އަލާމާތްތައް ފެނިއްޖެނަމަ ލަސްނުކޮށް ޞިއްޙީ ފަރުވާ ހޯދުމަށް ޞިއްޙީ މާހިރުން އިރުޝާދު ދެއްވައެވެ.