Ads by Stelco

ޚަބަރު

އދ. ގެ ޖެނެރަލް އެސެމްބްލީގެ 80 ވަނަ ދައުރުގެ ނައިބު ރައީސްކަމަށް ދިވެހިރާއްޖެ އިންތިޚާބުވެއްޖެ

އދ. ގެ ޖެނެރަލް އެސެމްބްލީގެ 80 ވަނަ ދައުރުގެ ނައިބު ރައީސްކަމަށް ދިވެހިރާއްޖެ އިންތިޚާބުވެއްޖެ

އދ.ގެ ޖެނެރަލް އެސެމްބްލީގެ 80 ވަނަ ދައުރުގެ ނައިބުރައީސް ކަމަށް ރާއްޖެ އިންތިޚާބުވުން

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

02 ޖޫން 2025، 10:05

02 ޖޫން 2025، 10:05

އެކުވެރި ދައުލަތްތަކުގެ ޖަމްޢިއްޔާ (އދ.) ގެ ޖެނެރަލް އެސެމްބްލީގެ 80 ވަނަ ދައުރުގެ ނައިބު ރައީސްކަމަށް ދިވެހިރާއްޖެ އިންތިޚާބުވެއްޖެއެވެ. 

މިކަން ފާހަގަކުރައްވައި ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ވަނީ އެކްސްގައި ޕޯސްޓެއް ކުރައްވައިފައެވެ. 

ރައީސް މުޢިއްޒުގެ ޕޯސްޓުގައި ވިދާޅުވެފައިވަނީ އދ. ގެ ޖެނެރަލް އެސެމްބްލީގެ 80 ވަނަ ދައުރު ކާމިޔާބު ކުރުމަށްޓަކައި ރާއްޖެއިން އެހެން ބައިވެރިންނާއި ގާތުން މަސައްކަތް ކުރުމަށް ބޭނުންވާކަމަށެވެ. އަދި އދ. ގެ މެމްބަރުކަމުގެ 60 އަހަރު ފާހަގަކުރާއިރު، ޖަމާޢަތުގެ ނިޒާމު ހަރުދަނާކުރުމަށް ރާއްޖެއިން ދެމިތިބޭނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.



މިއާއެކު އދ. ގެ ޖެނެރަލް އެސެމްބްލީގެ މުހިންމު މަޤާމެއް ދިވެހިރާއްޖެއަށް ލިބިގެން ދިޔުމަކީ، ބައިނަލްއަޤްވާމީ މައިދާނުގައި ދިވެހިރާއްޖޭގެ ހައިސިއްޔަތު އިތުރަށް ފުޅާވެގެންދާނެ ކަމެކެވެ. އަދި މިއީ ދިވެހިރާއްޖެއަށް ލިބުނު ވަރަށް މުހިންމު ކުރިއެރުމެކެވެ.

ފާހަގަކޮށްލަންޖެހޭ ގޮތުގައި، މި އަހަރަކީ ދިވެހިރާއްޖެ އދ. ގެ މެންބަރުކަން ހާސިލުކުރިތާ 60 އަހަރު ފުރޭ އަހަރެވެ. މި މުހިންމު މަޤާމު ލިބުމާއެކު، ދިވެހިރާއްޖެއަށް ލިބިގެންދާނީ ބައިނަލްއަޤްވާމީ މައިދާނުގައި އިތުރު ބާރަކާއި ނުފޫޒެކެވެ. 

މި ލިޔުން ކިޔާލުމުން

Ads by MSS