Ads by Stelco

ޚަބަރު

ރައީސް މުޢިއްޒު ދިވެހި ޙައްޖާޖީންނާއި ބައްދަލުކުރައްވައިފި

ރައީސް މުޢިއްޒު ދިވެހި ޙައްޖާޖީންނާއި ބައްދަލުކުރައްވައިފި

ރައީސް މުޢިއްޒު އާއި އަނބިކަނބަލުންް މެޑަމް ސާޖިދާ ދިވެހި ޙައްޖާޖީންނާއި ބައްދަލުކުރެއްވުން. ފޮޓޯ: ޕީއެސްއެމް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

02 ޖޫން 2025، 09:19

02 ޖޫން 2025، 09:19

ރައީސުލްޖުމްހޫރިއްޔާގެ ދިވެހި ޙައްޖާޖީންނާއި ބައްދަލުކުރައްވައިފިއެވެ. 

މި ބައްދަލުކުރެއްވުމުގައި ދިވެހި ޙައްޖާޖީންނަށް ޙައްޖުގެ މަތިވެރި އަޅުކަމުގެ ކަންކަން ވީ އެންމެ ފުރިހަމައަށް ތަރުތީބު ކޮށްދެއްވުމަށް ދިވެހި ސަރުކާރުން ވަރަށްބޮޑު އިސްކަމެއް ދެއްވައިގެން މަސައްކަތް ކުރައްވާނެ ކަމަށް ރައީސް ޑރ މުޢިއްޒު ވިދާޅުވިއެެވެ. 

ރައީސް މުޢިއްޒު ދެއްކެވި ވާހަކަފުޅުގައި، މި އަހަރުގެ ޙައްޖަކީ ދިވެހިންނަށް ތާރީޚީ ހައްޖަކަށް ވާނެކަމަށް ފާހަގަކުރެއްވިއެވެ. މައްކާ ރޫޓު އިނީޝިއޭޓިވްގެ ދަށުން، ސަޢުދީ ސަރުކާރާއި އެ ޤައުމުގެ ވަލީޢަޙުދުގެ ޚާއްސަ ނިންމެވުމަކާ ގުޅިގެން، ދިވެހި ހައްޖާޖީންނަށް މިފަހަރު ޚާއްސަ ފުރުސަތުތަކެއް ލިބި، ހައްޖުގެ އަޅުކަން އަދާކުރުމަށް ސަޢޫދީ ޢަރަބިއްޔާއަށް ދަތުރުކުރުމުގައި ވަރަށް ބޮޑު ލުޔެއް ލިބިފައިވާކަން ފާހަގަކުރެއްވިއެވެ.

 މި ބައްދަލުކުރެއްވުމުގައި ރައީސް މުޢިއްޒު ވަނީ ސަޢޫދީ ރަސްގެފާނަށާއި ވަލީއަޙުދު މުޙައްމަދު ބިން ސަލްމާނަށް ޚާއްސަ ޝުކުރެއް އަދާކުރައްވާފައެވެ. އަދި މީގެކުރިން ހައްޖުގެ އަޅުކަން އަދާކުރުމަށް ދިއުމުގައި ދިމާވަމުން އައި ގިނަ ދަތިތައް މި އަހަރު ފިލައި ގޮސްފައިވާކަން ވެސް ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިތުރަށް ވިދާޅުވި ގޮތުގައި، ދިވެހި ސަރުކާރުން އެންމެ އިސްކަމެއް ދެއްވާނީ ދިވެހި ހައްޖާޖީންނަށް ވީހާވެސް ފުރިހަމަ އިންތިޒާމެއް ހަމަޖައްސައި ދިނުމަށެވެ.

 މިގޮތުން އެންމެ ފުރަތަމަ މަރުހަލާއިން ފެށިގެން ހައްޖާޖީން އެނބުރި ރާއްޖެއަށް އަންނަންދެން ހުރިހާ ކަމެއްގައިވެސް ވީހާވެސް ފުރިހަމައަށް، ކޮންމެ ހައްޖާޖީއަކަށްވެސް ކަންކަން ފަސޭހައިން އިންތިޒާމުކޮށްދިނުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުންދާކަން ފާހަގަކުރެއްވިއެވެ. 

މި ލިޔުން ކިޔާލުމުން

Ads by MSS