Ads by Stelco

ޚަބަރު

ޕޮލެންޑްގެ އިންތިޚާބީ ރައީސް އަށް ރައީސް މުޢިއްޒު މަރުހަބާ ދަންނަވައިފި

ޕޮލެންޑްގެ އިންތިޚާބީ ރައީސް އަށް ރައީސް މުޢިއްޒު މަރުހަބާ ދަންނަވައިފި

ޕޮލެންޑްގެ އިންތިޚާބީ ރައީސް ކަރޯލް ނަވްރޮކީ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

02 ޖޫން 2025، 07:36

02 ޖޫން 2025، 07:36

ޕޮލެންޑްގެ އަލަށް އިންތިޚާބުވި ރައީސް، އެކްސެލެންސީ ކަރޯލް ނަވްރޮކީއަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މަރުހަބާ ދަންނަވައިފިއެވެ.

ރައީސް މުޢިއްޒު ފޮނުއްވި މެސެޖުގައި، ޕޮލެންޑްގެ ރައްޔިތުން އެދޭ ކުރިއެރުމާއި ތަރައްޤީ ޕޮލެންޑްގެ އައު ރައީސްގެ ލީޑަރޝިޕްގެ ދަށުން ހާސިލުވާނެ ކަމުގެ ޔަޤީންކަން ފާޅުކުރައްވާފައިވެއެވެ. އަދި އެމަނިކުފާނާ ހަވާލުކުރެވިފައިވާ މަސްއޫލިއްޔަތުތައް އަދާކުރެއްވުމުގައި ކާމިޔާބު ލިބިވަޑައިގަތުމަށް އެދިވަޑައިގެންފައިވެއެވެ.

މީގެއިތުރުން، ޕޮލެންޑްގެ އައު ރައީސްގެ ދުޅަހެޔޮކަމާއި އުފާވެރިކަމަށް އެދިވަޑައިގަތުމާއެކު، ޕޮލެންޑްގެ ރައްޔިތުންގެ ފާގަތިކަމާއި ސުލްހަމަސަލަސްކަން ދެމެހެއްޓުމަށްވެސް ރައީސް މުޢިއްޒު އެދިވަޑައިގެންފައިވެއެވެ.

ޕޮލެންޑްގެ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ކާމިޔާބު ހޯއްދެވުމާ ގުޅިގެން ރައީސް މުޢިއްޒު މި މަރުހަބާގެ މެސެޖް ފޮނުއްވާފައިވަނީ ދެ ގައުމުގެ ދެމެދުގައި އޮތް ރަހުމަތްތެރިކަމުގެ ގުޅުން އިތުރަށް ބަދަހިކުރުމުގެ މަޤްސަދުގައެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS