Ads by Stelco

ޚަބަރު

މާލެއިން ދެކުނަށް ހުދު ސަމާލު ނެރެފި

މާލެއިން ދެކުނަށް ހުދު ސަމާލު ނެރެފި

މާލޭ ފަޅުން ލޯންޗެއް ނުކުމެގެން ދަނީ، ފޮޓޯ: ހުރިހާ

farudhun logo

ފަރުދުން

02 ޖޫން 2025، 10:55

02 ޖޫން 2025، 10:55

ކ. އަތޮޅު ފެށިގެން އައްޑު އަތޮޅާ ހިސާބަށް ހުދު ސަމާލު ނެރެފިއެވެ. 

މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސެންޓަރުން  ހާމަކޮށްފައިވާ ގޮތުގައި، މިއަދުގެ ހެނދުނު 9:15 އިން ފެށިގެން މެންދުރުފަހު 3:00 އާ ހަމައަށް އެ އަތޮޅުތަކަށް ވައިގަދަވެ ކަނޑުގަދަވާނެއެވެ. 

އަދި ބޯކޮށް ވާރޭ ވެހުމާއެކު ގުގުރުމާއި، ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވާނެކަމަށް ލަފާކޮށްފައިވެއެވެ.



މި ސަރަޙައްދުތަކަށް ނޫނަސް، މުޅި ރާއްޖެއަށް އާދައިގެ ވަރަކަށް ކަނޑު ގަދަވެފައި، ވިލާގަނޑުގައި ގަދަވާނެކަމަށް މެޓު އޮފީހުން ވަނީ ރޭ ހާމަކޮށްފައެވެ.

ރާއްޖެއަށް މިހާރު މިކުރާ ވިއްސާރައަކީ، ހުޅަނގު މޫސުމުގެ ވިއްސާރަކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއެވެ. އަދި މިހާރު މިކުރާ ވިއްސާރަ ހޯމަ ދުވަހުން ފެށިގެން އަލިކުރާނެ ކަމަށް ލަފާކުރެވޭ ކަމަށާއި، ހުރިހާ ފަރާތްތަކުން ވެސް މޫސުމަށް ސަމާލުވުމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ވަނީ އިލްތިމާސްކުރައްވާފައެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS