ޚަބަރު
ތޫނު އެއްޗަކުން ހަމަލާދިން މީހަކަށް ހޮސްޕިޓަލުގައި ފަރުވާ ދެނީ

ކްރައިމް ސީންއެއްގައި ފުލުހުން ހަރަކާތްތެރިވަނީ، ފޮޓޯ: ރާއްޖެއެމްވީ

ފަރުދުން
02 ޖޫން 2025، 10:15
02 ޖޫން 2025، 10:15
މާލޭގައި ރޭ ހިނގި މާރާމާރީއަކާ ގުޅިގެން އަނިޔާވި މީހަކަށް ހޮސްޕިޓަލުގައި ފަރުވާ ދެމުންދާކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ހާމަކޮށްފިއެވެ.
ޝަޙީދު ކުޑަނެވި ތުއްތުމަނިކު ހިނގުމުގައި ހިނގި މި ހާދިސާގެ ރިޕޯޓު ފުލުހުންނަށް ލިބިފައި ވަނީ ރޭގެ މެންދަމުން އަލިވެ 03:10 ހާއިރެވެ.
މި ހާދިސާގައި އަނިޔާވި މީހާއަށް ތޫނު އެއްޗަކުން ހަމަލާދީފައިވާކަމަށް ފުލުހުން ހާމަކޮށްފައިވެއެވެ. އަދި އެއީ ބަނގުލަދޭޝްއަށް ނިސްބަތްވާ މީހެއް ކަމަށާއި، އެ މީހާއަށް ފަރުވާދެމުން ދަނީ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް)ގައިކަމަށް ވެސް ހާމަކޮށްފައިވެއެވެ.
ނަމަވެސް އެ މީހާއަށް ހަމަލާދިނީ ކޮންބައެއް ކަމެއް އަދި އެ މީހުންގެ ޤައުމީ ނިސްބަތެއް ވެސް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.
ފުލުހުން ބުނީ މި މައްސަލަ ތަޙުޤީޤު ކުރަމުން އަންނަ ކަމަށެވެ.