Ads by Stelco

ޚަބަރު

ދިވެހީންގެ ތެދުވެރިކަމުން ފުން އިޙުސާސްތަކެއް ކުރުވި: ޗައިނާ އެމްބަސަޑަރު

ދިވެހީންގެ ތެދުވެރިކަމުން ފުން އިޙުސާސްތަކެއް ކުރުވި: ޗައިނާ އެމްބަސަޑަރު

ސިނަމާލެ ބުރިޖު މަތިން އާރު.ޓީ.އެލް. ބަހެއް ދުއްވާފައިދާ މަންޒަރު، ފޮޓޯ: މުޙައްމަދު ޝާބިން

02 ޖޫން 2025، 09:21

އެކުވެރި ދިވެހީންގެ ތެދުވެރިކަމުން ފުން އިޙުސާސްތަކެއް ރޭ ކުރުވިކަމަށް، ޗައިނާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު، ކޮންގް ޒަންހުއާ ވިދާޅުވެއްޖެއެވެ.

"އެކްސް"ގައި ކުރެއްވެވި ޕޯސްޓެއްގައި ސަފީރު މިހެން ވިދާޅުވީ، ޗައިނާގެ ޒުވާން އަންހެން ކުއްޖެއްގެ ވޮލެޓެއް ގެއްލުނު ހާދިސާއަކާ ގުޅިގެންނެވެ. އޭނާގެ ވޮލެޓު ވެއްޓުނީ އާރު.ޓީ.އެލް. ބަހެއްގެ ތެރެއަށެވެ. އަދި ބަސް ކޮންޑަކްޓަރަށް ފެނުމުން، އެ ވޮލެޓު ވެއްޓުނުތާ މާގިނައިރެއްނުވެ އޭނާއާ ހަވާލުކޮށްފައިވާކަމަށް އެމްބަސެޑަރު ވަނީ ވިދާޅުވެފައެވެ.

އަދި މިކަމުން ރަމްޒުކޮށްދެނީ އެކުވެރި ދިވެހީންގެ ތެދުވެރިކަންކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އެމްބެސެޑަރުގެ މި ޕޯސްޓުގައި ހިމަނާފައި ވަނީ ހުޅުމާލޭ ދުވާ ޓްރެކުގައި ހިނގާފައި ދިޔަ ބުޅަލެއްގެ ފޮޓޯއަކާއެކުއެވެ. މިކަމަށް އިޝާރާތް ކުރައްވައި އެމްބެސެޑަރު ވިދާޅުވީ، ރޭ ވިއްސާރަ ވެހުނު ގަޑީގައި ދުވެލަން ދިޔަ ކަމަށެވެ. 



އެމްބެސެޑަރުގެ މި ޕޯސްޓާ ގުޅިގެން ބަސް އޮޕަރޭޓުކުރާ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އިން ހާމަކުރި ގޮތުގައި، ބަހުގެ ތެރޭގައި ހިނގާ ކަންކަމުގައި އެހީތެރިވެދިނުމަކީ އެ ކުންފުނީގެ ޒިންމާއެކެވެ. އެހެންކަމުން އެކަމުގައި ޗައިނާގެ ޒުވާނާއަށް އެހީތެރިވެދިނުމަކީ ލިބުނު އުފަލެއްކަން ފާހަގަކުރިއެވެ. 

މި ލިޔުން ކިޔާލުމުން

Ads by MSS