ވިޔަފާރި / ޚަބަރު
ވިޔަފާރީގެ ދާއިރާގައި އަންހެނުން ބާރުވެރިކުރުމަށް "ފަށާ މަދަދު" ލޯނުގެ ދެވަނަ ފިޔަވަހި ހުޅުވާލަނީ

ފަންނުވެރިންގެ މަޢުރަޒުގެ ތެރެއިން ފޮޓޯ:އިންޓަނެޓް
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވައުދުފުޅާ އެއްގޮތަށް، ވިޔަފާރީގެ ދާއިރާގައި އަންހެނުން ބާރުވެރިކުރުމަށް އެކުލަވާލެވުނު "ފަށާ މަދަދު" ލޯން ސްކީމްގެ ދެވަނަ ފިޔަވަހީގެ އެޕްލިކޭޝަން ބަލައިގަތުން 15 ޖޫންގައި ހުޅުވާލަން ނިންމައިފިއެވެ.
ވިޔަފާރީގެ ދާއިރާގައި އަންހެނުން ބާރުވެރިކުރުމަށް އަންހެނުންނަށް ޚާއްޞަ ލޯން ސްކީމެއް ތަޢާރަފުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެލެއްވި ވައުދުފުޅާ އެއްގޮތަށް އެސްޑީއެފްސީއާއި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް އާއި މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް ގުޅިގެން ވިޔަފާރީގައި ހަރަކާތްތެރިވާ އަންހެނުންނަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން އެކުލަވާލާފައިވާ މުހިންމު ސްކީމެކެވެ.
އިޖްތިމާޢީ އަދި އާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން މަޢުލޫމާތު ދެއްވިގޮތުގައި، މި ސްކީމަކީ އަންހެނުންނަށް ޚާއްޞަކޮށްގެން ތައްޔާރުކުރެވިފައިވާ 100 މިލިއަން ރުފިޔާގެ ސްޓާޓްއަޕް ލޯން ސްކީމެކެވެ. މި ސްކީމް ހިންގުމަށް ހަމަޖެހިފައިވަނީ 5 ފިޔަވައްސަކަށް ބަހާލައިގެންނެވެ. އަދި މީގެ ތެރެއިން 25 އިންސައްތަ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ޚާއްޞަކުރެވިފައިވާކަން ފާހަގަކުރެވެއެވެ.
"ފަށާ މަދަދު" ލޯން ސްކީމްގެ މައިގަނޑު މަޤްޞަދަކީ ވިޔަފާރީގެ ދާއިރާގައި ހަރަކާތްތެރިވާ އަންހެނުންނަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމެވެ. މިކަމުގެ ސަބަބުން ގިނަ އަންހެނުންނަށް އަމިއްލަ ވިޔަފާރިތައް ފެށުމާއި، މިހާރު ކުރަމުންދާ ވިޔަފާރިތައް ފުޅާކުރުމުގެ ފުރުޞަތު ލިބިގެންދާނެއެވެ.
ވިޔަފާރީގެ ދާއިރާގައި އަންހެނުން ބާރުވެރިކުރުމަށް އަންހެނުންނަށް ޚާއްޞަ ލޯން ސްކީމެއް ތަޢާރަފުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެލެއްވި ވައުދުފުޅާ އެއްގޮތަށް އެސްޑީއެފްސީއާއި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް އާއި މިނިސްޓްރީ އޮފް… pic.twitter.com/xfPm55UH57
— Ministry of Social and Family Development (@MSFDmv) June 1, 2025
އިތުރު މަޢުލޫމާތު ހޯދުމަށް އެދޭ ފަރާތްތަކަށް އިޖްތިމާޢީ އަދި އާއިލީ ތަރައްޤީއާ ބެހޭ ވުޒާރާގެ ވެބްސައިޓަށް ނުވަތަ އެސްޑީއެފްސީގެ ވެބްސައިޓަށް ޒިޔާރަތްކުރުމަށް އިރުޝާދު ދެވިފައިވެއެވެ.