Ads by Stelco

ޚަބަރު

ނ އަތޮޅުން ލ އަތޮޅަށް ހުދު ސަމާލު ނެރެފި

ނ އަތޮޅުން ލ އަތޮޅަށް ހުދު ސަމާލު ނެރެފި

މޫސުން ގޯސްވުމުގެ ސަބަބުން ކަނޑުދަތުރުކުރުމުގައި ސަމާލުވުމަށް އިލްތިމާސްކޮށްފައިވޭ، ފޮޓޯ: މިހާރު

farudhun logo

ފަރުދުން

01 ޖޫން 2025، 06:08

01 ޖޫން 2025، 06:08

މޫސުން ގޯސްވުމުގެ ސަބަބުން ނ އަތޮޅުން ފެށިގެން ލ އަތޮޅާ ހަމައަށް ހުދު ސަމާލު ނެރެފިއެވެ.

މޫސުމާ ބެހޭ ޤައުމީ އިދާރާއިން  ހާމަކޮށްފައިވާ ގޮތުގައި މިއަދު ހަވީރު 4:30 އިން ފެށިގެން މިރޭގެ 10:30 އާ ހަމައަށް އެ ދެ އަތޮޅުގެ ދޭތެރެއަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެއެވެ. 

އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެކަމަށް ލަފާކުރެވޭކަމަށް ވެސް އެ އިދާރާއިން ވަނީ ހާމަކޮށްފައެވެ. 

ރާއްޖެއަށް މިހާރު މިކުރާ ވިއްސާރައަކީ، ހުޅަނގު މޫސުމުގެ ވިއްސާރަކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއެވެ. އަދި މިހާރު މިކުރާ ވިއްސާރަ ހޯމަ ދުވަހުން ފެށިގެން އަލިކުރާނެ ކަމަށް ލަފާކުރެވޭ ކަމަށާއި، ހުރިހާ ފަރާތްތަކުން ވެސް މޫސުމަށް ސަމާލުވުމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ވަނީ އިލްތިމާސްކުރައްވާފައެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS