Ads by Stelco

ޚަބަރު

ރައީސުލްޖުމްހޫރިއްޔާއަށް ވޯލްޑް ސްކައުޓް ބެޖް އަރުވައިފި

ރައީސުލްޖުމްހޫރިއްޔާއަށް ވޯލްޑް ސްކައުޓް ބެޖް އަރުވައިފި

ރައީސް ޑރ މުޢިއްޒަށް ވޯލްޑް ސްކައުޓް ބެޖް އެރުވުން. ފޮޓޯ: ރައީސް އޮފީސް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

30 މޭ 2025، 05:54

30 މޭ 2025، 05:54

ޤައުމީ ސްކައުޓް ދުވަހާ ގުޅުވައިގެން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ރައީސުލްޖުމްހޫރިއްޔާ އަދި ޗީފް ސްކައުޓް ޑރ. މުޙައްމަދު މުޢިއްޒުއަށް ވޯލްޑް ސްކައުޓް ބެޖު އަރުވައިފިއެވެ.

ސްކައުޓް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ރައީސް މުޙައްމަދު ނަޒީފް ވަނީ ރައީސުލްޖުމްހޫރިއްޔާއަށް މި ބެޖު އަރުވާފައެވެ. ރައީސް މުޢިއްޒަކީ މަޖީދިއްޔާ ސްކޫލުގައި ކިޔަވައިވިދާޅުވި ދުވަސްވަރު ފަސްޓް މާލެ ސްކައުޓް ގްރޫޕުގައި ހަރަކާތްތެރިވެ ވަޑައިގެންނެވި ބޭފުޅެކެވެ.
މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އަލަށް އެކުލަވާލެވުނު ސްކައުޓް ކައުންސިލްގެ މެންބަރުންނަށް މަޤާމުގެ ލިޔުން ހަވާލުކޮށްދެއްވާފައެވެ. މީގެ އިތުރުން، ދިވެހި ސްކައުޓް ހަރަކާތުގައި ދެވޭ އެންމެ މަތީ އެވޯޑް ކަމުގައިވާ ރައީސުލްޖުމްހޫރިއްޔާގެ ސްކައުޓް އެވޯޑް ހާސިލުކުރި 7 ސްކައުޓަކަށް އެވޯޑު ހަވާލުކުރެއްވިއެވެ.
މި އަހަރުގެ ރައީސުލްޖުމްހޫރިއްޔާގެ ސްކައުޓް އެވޯޑް ލިބިވަޑައިގެންނެވި ގިނަ ސްކައުޓުންނަކީ އަރަބިއްޔާ ސްކޫލްގެ 11 ވަނަ މާލެ ސްކައުޓް ގްރޫޕްގެ މެންބަރުންނެވެ. މި އެވޯޑަށް ޝަރުތު ހަމަވާނީ އެކި ދާއިރާތަކުގެ ހުނަރު ލިބިދޭ ޕްރޮފެޝަނަލް ބެޖުތައް ހާސިލްކޮށް، ޖަމާޢަތަށް ފައިދާހުރި މަސައްކަތްތައް ފުރިހަމަކުރުމުންނެވެ.
ރަސްމިއްޔާތުގައި އައްޔަންކުރެވުނު އައު ސްކައުޓް ކައުންސިލްގެ ރައީސްގެ މަޤާމަށް މުޙައްމަދު ނަޘީފް، ނައިބު ރައީސްގެ މަޤާމަށް އަޙްމަދު ހަނީފް އަދި ޤައުމީ ހަޒާންދާރުގެ މަޤާމަށް އަޙްމަދު ނަޝީދު ހަމަޖެއްސެވިއެވެ. އަދި މީގެ އިތުރުން ކައުންސިލްގެ އެހެނިހެން މަޤާމުތަކަށްވެސް ވަނީ މެންބަރުން އައްޔަންކުރައްވާފައެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS