ޚަބަރު
މިއީ ދިވެހި ތާރީޚުގައި ދިވެހި ޙާއްޖީންނަށް މިނާގައި އެންމެ ފެންވަރު ރަނގަޅު ޚިދުމަތްދޭނެ އަހަރު: ޝަކީލް

ޙައްޖު ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަެރ ޝަކީލް
މިއީ ދިވެހި ތާރީޚުގައި ދިވެހި ޙާއްޖީންނަށް މިނާގައި އެންމެ ފެންވަރު ރަނގަޅު ޚިދުމަތްދޭނެ އަހަރުކަމަށް ޙައްޖު ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަކީލް ވިދާޅުވެއްޖެއެވެ.
މިނާގައި ދިވެހި ޙައްޖުވެރިންނަށް ހަމަޖެހިފައިވާ އިންތިޒާމުތައް ބެއްލެވުމަށް ސަޢުދީ އަރަބިއްޔާއަށް ވަޑައިގެން، ފޭލިގެތަކަށް ޒިޔާރަތްކުރެއްވުމަށްފަހު ޝަކީލް ވިދާޅުވީ، މިނާގައި ދިވެހި ޙައްޖުވެރިން ތިބުމަށް ހަމަޖެހިފައިވާ ފޭލިގެތަކުގެ މަސައްކަތް ނިމުމަކާ ހަމައަށް އައިސްފައިވާ ކަމަށެވެ.
މިއަހަރުގެ އެންމެ ފާހަގަކޮށްލެވޭ އެއް ބަދަލަކީ ކެއުމުގެ ޚިދުމަތް ބުފޭ ސްޓައިލަށް ބަދަލުކުރުމެވެ.
މިއީ އަޅުގަނޑުގެ މަޢުލޫމާތު ކުށްކަމުގައި ނުވާނަމަ ދިވެހިންގެ ޙައްޖުގެ ތާރީޚުގައިވެސް ފުރަތަމަ ފަހަރަށް ކެޓަގަރީ ސީގެ ބަދަލުގައި ކެޓަގަރީ ބީގައި ޙައްޖުވެރިންނަށް ޚިދުމަތް ފޯރުކޮށްދޭ ފުރަތަމަ ފަހަރު، މެނޭޖިންގ
ޙައްޖު ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަކީލް
މީގެއިތުރުން، ފޭލިގޭގެ ފެންވަރާއި ފަރުނީޗަރުގެ ފެންވަރުވެސް ވަނީ މަތިކޮށްފައެވެ. އެގޮތުން ހުރިހާ ޙައްޖުވެރިންނަށް ފަސޭހައިން ނިދާލެވޭނެ ގޮތަށް ސޯފާ އެނދުތައް ވަނީ ހަމަޖައްސާފައެވެ. އަދި ކާބޯތަކެތީގެ ފެންވަރު ޔަޤީންކުރުމަށްޓަކައި ޙައްޖު ކޯޕަރޭޝަންގެ ޓީމުން ވަނީ އެތަކެތި ޓެސްޓުކޮށް ބަލާފައެވެ.
ރަވާފް މިނާގެ ލޮޖިސްޓިކްސްގެ ވެރިޔާ ޒަކީ ސަދާއިލް ވިދާޅުވެފައިވަނީ މިއަހަރު ހުރިހާ ޚިދުމަތެއްގެ ފެންވަރު ރަނގަޅުވާނެ ކަމަށެވެ. މިނާގައި ރޭކުރުމަކީ ޙައްޖުގެ އަޅުކަމުގެ މުހިންމު ބައެއް ކަމަށްވެފައި، ކޮންމެ އަހަރަކު އެތައް މިލިއަން ބަޔަކު އެތަނުގައި ޖަމާވާތީ، މިފަދަ ރަނގަޅު ޚިދުމަތްތަކެއް ލިބުމަކީ ދިވެހި ޙައްޖުވެރިންނަށް ލިބޭ ވަރަށް ބޮޑު ފަސޭހައެކެވެ.