ވިޔަފާރި / ޚަބަރު

މެރިޓައިމްދާއިރާގައި އަންހެނުންގެ ދައުރު ފުޅާކުރުމަށް ވަރޗުއަލް ލަރނިންގ ސިސްޓަމް ބޭނުންކޮށްފި

މެރިޓައިމްދާއިރާގައި އަންހެނުންގެ ދައުރު ފުޅާކުރުމަށް ވަރޗުއަލް ލަރނިންގ ސިސްޓަމް ބޭނުންކޮށްފި

އެމްއެސްއެސް އިން ރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ސެންޓަރ ފޯ މެރިޓައިމް ސްޓަޑީޒް އާއި ގުޅިގެން، މެރިޓައިމް ދާއިރާގައި އަންހެނުންގެ ދައުރު ފާހަގަކުރުމަށް ބޭއްވި ޚާއްޞަ ސެޝަން

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

29 މޭ 2025، 03:33

29 މޭ 2025، 03:33

އެމްއެސްއެސް އިން ރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ސެންޓަރ ފޯ މެރިޓައިމް ސްޓަޑީޒް އާއި ގުޅިގެން، މެރިޓައިމް ދާއިރާގައި އަންހެނުންގެ ދައުރު ފާހަގަކުރުމަށް ޚާއްޞަ ސެޝަނެއް ބާއްވައިފިއެވެ. އިންޓަނޭޝަނަލް ޑޭ އޮފް ވިމެން އިން މެރިޓައިމް ފާހަގަކުރުމުގެ ގޮތުން ސްޓޭޓް ޝިޕިންގއާ ގުޅިގެން ބޭއްވުނު މި ސެޝަންގައި، ވަރޗުއަލް ލަރނިންގ ސިސްޓަމެއް ބޭނުންކޮށް، ބައިވެރިންނަށް އެ ސިސްޓަމް ތަޖުރިބާކުރުމުގެ ފުރުޞަތު ދެވުނެވެ.

މެރިޓައިމްދާއިރާގައި އަންހެނުންގެ ދައުރު ފުޅާކުރުމަށް ވަރޗުއަލް ލަރނިންގ ސިސްޓަމް ބޭނުންކޮށްފި

މެރިޓައިމްދާއިރާގައި އަންހެނުންގެ ދައުރު ފުޅާކުރުމަށް ބޭއްވުނު ސެޝަން

ރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ސެންޓަރ ފޯ މެރިޓައިމް ސްޓަޑީޒްގެ ޑީން  ކެޕްޓަން މުޙައްމަދު ޒައިދު ވިދާޅުވި ގޮތުގައި މި ސެޝަންގެ މައިގަނޑު މަޤްޞަދަކީ މެރިޓައިމް އިންޑަސްޓްރީގައި އަންހެނުން އަދާކުރާ މުހިންމު ދައުރު ފާހަގަކޮށް، އެ ބޭފުޅުން ލައިމްލައިޓަށް ނެރުމެވެ. ޒައިދު ފާހަގަކުރެއްވި ގޮތުގައި ބޯޓުފަހަރުގައި ގިނައިން މަސައްކަތްކުރަނީ ފިރިހެނުން ނަމަވެސް، މި އިންޑަސްޓްރީގެ އެކި ދާއިރާތަކުގައި އަންހެނުން ވަރަށް ފުޅާ ދާއިރާއެއްގައި ހަރަކާތްތެރިވެއެވެ.

މެރިޓައިމްދާއިރާގައި އަންހެނުންގެ ދައުރު ފުޅާކުރުމަށް ވަރޗުއަލް ލަރނިންގ ސިސްޓަމް ބޭނުންކޮށްފި

މެރިޓައިމްދާއިރާގައި އަންހެނުންގެ ދައުރު ފުޅާކުރުމަށް ބޭއްވުނު ސެޝަންގެ ތެރެއިން

މި ސެޝަންގައި ތަޢާރަފުކުރެވުނު ވަރޗުއަލް ލަރނިންގ ސިސްޓަމަކީ ސިމިއުލޭޝަން ޓެކްނޮލޮޖީ ބޭނުންކޮށްގެން ކެޕްޓަނުންނާއި އޮފިސަރުން ތަމްރީނުކުރުމަށް ބޭނުންކުރެވޭ ނިޒާމެކެވެ. މި ނިޒާމުގެ ސަބަބުން، ބޯޓަކަށް ނުގޮސް ނެވިގޭޝަންގެ ހުރިހާ ކަމެއް ދަސްކުރުމުގެ ފުރުޞަތު ލިބިގެންދާނެ ކަމަށް ޒައިދު ވިދާޅުވިއެވެ.

މެރިޓައިމްދާއިރާގައި އަންހެނުންގެ ދައުރު ފުޅާކުރުމަށް ވަރޗުއަލް ލަރނިންގ ސިސްޓަމް ބޭނުންކޮށްފި

ވަރޗުއަލް ލަރނިންގ ސިސްޓަމް

މީގެ އިތުރުން، މެރިޓައިމް ދާއިރާގައި އަންހެނުންނަށް ހުރި ފުރުޞަތުތަކުގެ މައްޗަށްވެސް އަލިއަޅުވާލެވުނެވެ. ކްރޫޒް ޝިޕްތަކުގައި މަސައްކަތްކުރުމާއި، މެރިޓައިމް ލޯޔަރުންގެ ގޮތުގައި މަސައްކަތްކުރުމާއި، ނޭވަލް އާކިޓެކްޓުންގެ ގޮތުގައި މަސައްކަތްކުރުމާއި، ޝިޕިންގ ވިޔަފާރި ފަދަ ދާއިރާތަކުން އަންހެނުންނަށްވެސް ރަނގަޅު އާމްދަނީއެއް ހޯދިދާނެ ކަމަށް ޒައިދު ފާހަގަކުރެއްވިއެވެ.
މި ސެޝަނަކީ މެރިޓައިމް ދާއިރާގައި އަންހެނުންގެ ބައިވެރިވުން އިތުރުކޮށް، އެ ބޭފުޅުންނަށް ހުރި ފުރުޞަތުތަކާ ބެހޭ ހޭލުންތެރިކަން އިތުރުކުރުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS