Ads by Stelco

ޚަބަރު

ރާއްޖޭގެ ވަޒީފާގެ ބާޒާރު އިތުރަށް ހަރުދަނާކުރުމަށް ގިނަ މަސައްކަތްތަކެއް ދަނީ ކުރަމުން: ވަޒީރު ހައިދަރު

ރާއްޖޭގެ ވަޒީފާގެ ބާޒާރު އިތުރަށް ހަރުދަނާކުރުމަށް ގިނަ މަސައްކަތްތަކެއް ދަނީ ކުރަމުން: ވަޒީރު ހައިދަރު

ވަޒީރު ހައިދަރު. ފޮޓޯ: ވުޒާރާ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

29 މޭ 2025، 01:24

29 މޭ 2025، 01:24

ވަޒީފާ ހޯދާ ފަރާތްތަކާއި ވަޒީފާ ދޭ ފަރާތްތައް ގުޅުވާލަދީ، ރާއްޖޭގެ ވަޒީފާގެ ބާޒާރު އިތުރަށް ހަރުދަނާކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވަޒީރު ޑރ. ޢަލީ ހައިދަރު އަޙްމަދު ވިދާޅުވެއްޖެއެވެ.

 ވަޒީރު މިހެން ވިދާޅުވީ ނެޝަނަލް ކެރިއަރ ސާރވިސް ރީޖަނަލް ހދ. ބްރާންޗް ހުޅުއްވައިދެއްވާ ވާހަކަދައްވަމުންނެވެ.

"ނޭޝަނަލް ޖޮބް ސެންޓަރ"ގެ ދައުރު ފުޅާކޮށް "ނޭޝަނަލް ކެރިއަރ ސަރވިސް" އަށް ބަދަލުކޮށްފައިވަނީ 2024 ވަނަ އަހަރުގެ ޖުލައިމަހުއެވެ. މި ބަދަލާއެކު، ސެންޓަރުގެ ހިންގުން މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާ ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާގެ ދަށަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ބަދަލުކުރައްވާފައެވެ. މީގެ ކުރިން މިތަން ހިނގަމުން އައީ އިޤްތިޞާދާ ބެހޭ ވުޒާރާގެ ދަށުންނެވެ.

ވަޒީރު ޑރ. ޢަލީ ހައިދަރު އަޙްމަދު ވިދާޅުވީ ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވަޒީފާގެ ފުރުސަތު ހޯދުމަށް މަސައްކަތްކުރާ ފަރާތްތަކާއި ވަޒީފާ ދޭ ފަރާތްތަކާ ގުޅުވައި ދިނުމަކީ މުހިންމު ކަމެއްކަމަށެވެ. އަދި ސަރުކާރުން މަސައްކަތްކުރަމުންދަނީ ރާއްޖޭގެ ވަޒީފާގެ ބާޒާރު އިތުރަށް ހަރުދަނާކުރުމަށްކަމަށް ވަޒީރު ހައިދަރު ވިދާޅުވިއެވެ.

ނޭޝަނަލް ކެރިއަރ ސާރވިސް ރީޖަނަލް ސެންޓަރ އަކީ މިކަމުގައި މުހިންމު ދައުރެއް އަދާކުރާނެ ތަނެއްކަމަށް ވަޒީރު ވިދާޅުވިއެވެ. މި ސެންޓަރގެ ޒަރިއްޔާއިން ދިވެހިންނަށް ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދިނުމާއި މަސައްކަތުގެ އުމުރުފުރައިގެ މީހުންނަށް އެކަށޭނަ މަސައްކަތްތަކާއި ވަޒީފާގެ ހިޔާރުކުރުމުގައި އެހީތެރިވެދޭނޭކަމަށް ވަޒީރު ވިދާޅުވިއެވެ.

2024 ވަނަ އަހަރުން ފެށި މި މަސައްކަތް ފުޅާކުރެވި ރާއްޖޭގެ 4 އަތޮޅެއްގައި މިހާރު ދަނީ މަސައްކަތް ކުރެވެމުން. މިހާތަނަށް 7 އަތޮޅަކަށް ދަތުރު ކުރެވި އެއަތޮޅުތަކުގައި މައުލޫމާތު ހިއްސާކުރެވި ޓްރެއިނިން ނަގާދޭނެ

ވަޒީރު ހައިދަރު

ވަޒީރު ހައިދަރު ވިދާޅުވީ ސަރުކާރުން މަސައްކަތް ކުރަމުންދަނީ ވަޒީފާ ބޭނުންވާ ކޮންމެ ދިވެހި ރައްޔިތަކަށް ވަޒީފާ ހޯދުމުގެ މަގުފަހިކޮށްދިނުމާއި ވަޒީފާގެ އުމުރުފުރައިގެ ކުދިންނަށް ކިޔެވުމަށާއި އަދި މަސައްކަތުގެ ދާއިރާ ހިޔާރުކުރުމުގައި ފުރިހަމަ މައުލޫމާތު ލިބި ކުރިއަށް ދިއުމަށް މަގުފަހި ކޮށްދިނުމަށްކަމަށެވެ.

މީގެ އިތުރުން، ރާއްޖޭގެ މަތީ ތަޢުލީމުގެ ދާއިރާ ތަރައްޤީކޮށް ވަސީލަތްތައް އިތުރުކުރުމާއެކު ރަނގަޅު ފެންވަރެއްގެ ތަޢުލީމެއް ފޯރުކޮށްދެވޭނެ އިންތިޒާމު ހަމަޖެއްސުމަށް ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ. މި މަސައްކަތްތަކުގެ ސަބަބުން ރާއްޖޭގެ ވަޒީފާގެ ބާޒާރަށް އިޖާބީ ބަދަލުތަކެއް އަންނާނެކަމަށް އުންމީދު ކުރެވެއެވެ.

 

 

މި ލިޔުން ކިޔާލުމުން

Ads by MSS