Ads by Stelco

ޚަބަރު

ހުޅުމާލޭގެ ރިވައިޒްކުރި މާސްޓަރ ޕްލޭން އާންމުންގެ ހިޔާލަށް ހުޅުވާލައިފި

ހުޅުމާލޭގެ ރިވައިޒްކުރި މާސްޓަރ ޕްލޭން އާންމުންގެ ހިޔާލަށް ހުޅުވާލައިފި

ހުޅުމާލެ ރިވައިޒްޑް މާސްޓާޕްލޭން. ފޮޓޯ: ރައީސްއޮފީސް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

28 މޭ 2025، 03:55

28 މޭ 2025، 03:55

ހުޅުމާލޭގެ ތަރައްޤީއަށް ބޭނުންވާ މުހިންމު ބަދަލުތައް ހިމަނައިގެން ރިވައިޒްކުރި މާސްޓަރ ޕްލޭން އަށް އާންމުން ޚިޔާލު ހުށައެޅުމަށް ހުޅުވާލައިފިއެވެ. 

 ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިމާސްޓަރ ޕްލޭޏް ލޯންޗުކޮށްދެއްވާފައިވާއިރު މި މާސްޓަރ ޕްލޭނަށް އާންމު ރައްޔިތުންގެ ހިޔާލު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލީ މިއަދުއެވެ.

އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު މައުރޫފް ޖަމީލް ވިދާޅުވި ގޮތުގައި، "މި މާސްޓަރ ޕްލޭނަކީ ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ގިނަ ފަސޭހަތައް ހޯދައިދިނުމަށް އިތުރު ވަސީލަތްތަކާއެކު ހުޅުމާލެ ތަރައްގީކުރުމަށް ކުރެވޭ މަސައްކަތުގެ މުހިންމު ބައެކެވެ." 

މާސްޓަރ ޕްލޭނަށް ބަދަލުގެނައުމުގެ މައިގަނޑު މަޤްސަދަކީ ހުޅުމާލޭގެ ބަނދަރުގެ ޖާގަ ތަނަވަސްކުރުމާއެކު، ހުޅުމާލެއަށް ބޭނުންވާ އިތުރު ތަރައްގީގެ މަޝްރޫއުތަކަށް ފުރުސަތު ހޯދުމެވެ.

މި މާސްޓަރ ޕްލޭނާ ގުޅޭ އެންމެހާ މަޢުލޫމާތު ޕޯޓަލްއިން މިހާރު ފެންނަން ހުންނާނެއެވެ. އަދި ބޭނުންވާ ފަރާތްތަކަށް އޮންލައިންކޮށް ހިޔާލު ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައެވެ. ހިޔާލު ހުށަހެޅުމުގެ ސުންގަޑިއަކީ 16 ޖޫން 2025 އެވެ.

އެޗްޑީސީން މަސައްކަތް ކުރަމުންދަނީ އާންމުންގެ ހިޔާލާއި މަޝްވަރާއާއެކު ހުޅުމާލެ ތަރައްޤީކޮށް، އެންމެ ޒަމާނީ ވަސީލަތްތަކާއެކު ތަރައްގީވެފައިވާ ހިތްފަސޭހަ އައިލެންޑް ސިޓީއަކަށް ހުޅުމާލެ ހެދުމަށެވެ. މާސްޓަރ ޕްލޭން ފައިނަލް ކުރާނީ އާންމުންގެ ހިޔާލާއި ހުށަހެޅުންތަކަށް ރިއާޔަތްކުރުމަށްފަހުގައެވެ.

މާސްޓަރ ޕްލޭން ބަލައިލުމަށާއި ހިޔާލު ހުށަހެޅުމަށް ވެބްސައިޓް tinyurl.com/47888w2z  އަށް ޒިޔާރާތްކުރުމަށް އެޗްޑީސީ އިން ބުނެފައިވެއެވެ. 

މި ލިޔުން ކިޔާލުމުން

Ads by MSS