Ads by Stelco

ޚަބަރު

އިތިއޯޕިއާގެ ރައީސް އާއި ބޮޑުވަޒީރަށް ޤައުމީ ދުވަހުގެ ތަހުނިޔާ ރައީސް މުޢިއްޒު ފޮނުއްވައިފި

އިތިއޯޕިއާގެ ރައީސް އާއި ބޮޑުވަޒީރަށް ޤައުމީ ދުވަހުގެ ތަހުނިޔާ ރައީސް މުޢިއްޒު ފޮނުއްވައިފި

އިތިއޯޕިއާގެ ދިދަ.

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

28 މޭ 2025، 02:58

28 މޭ 2025، 02:58

ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު، އިތިއޯޕިއާގެ ޤައުމީ ދުވަހުގެ މުނާސަބަތުގައި އެ ޤައުމުގެ ރައީސް ޓާއިޔޭ އަޓްސްކޭ ސެލާސީ އާއި ބޮޑުވަޒީރު އަބީ އަޙްމަދު ޢަލީއަށް ތަހުނިޔާގެ ސިޓީފުޅު ފޮނުއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ދެ ބޭފުޅުންނަށް ވަކިވަކިން ފޮނުއްވި ސިޓީފުޅުތަކުގައި، އެ މަނިކުފާނުގެ އަމިއްލަފުޅު ނަންފުޅުގައާއި، ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި، އިތިއޯޕިއާގެ ސަރުކާރާއި ރައްޔިތުންނަށް ޤައުމީ ދުވަހުގެ ހޫނު ތަހުނިޔާ ރައްދުކުރައްވާފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި އިތިއޯޕިއާގެ ޤައުމީ ދުވަހަކީ އެ ޤައުމުގެ އެއްބައިވަންތަކަމާއި، ވިލުންތެރިކަމާއި، ކުރިއެރުން ރަމްޒްކޮށްދޭ ދުވަހެއް ކަމުގައި ވިދާޅުވެފައިވެއެވެ. އަދި ކުރިމަގުގައިވެސް އިތިއޯޕިއާއަށް އަމާންކަމާއި، ހަމަޖެހުމާއި، ތަނަވަސްކަން ލިބިގެންދާނެ ކަމުގެ އުއްމީދު ފާޅުކުރައްވާފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާ މި ސިޓީފުޅުތައް ނިންމަވާލައްވާފައިވަނީ އިތިއޯޕިއާގެ ރައީސްއާއި ބޮޑުވަޒީރަށް ފުރިހަމަ ޞިއްޙަތާއި ދުޅަހެޔޮކަމަށް އެދިވަޑައިގެން، އެ ޤައުމަށާއި ރައްޔިތުންނަށް ކުރިއެރުމާއި ފާގަތިކަމަށް އެދިވަޑައިގަންނަވަމުންނެވެ.

އިތިއޯޕިއާއަކީ ދިވެހިރާއްޖެއާ ރަހުމަތްތެރި ގުޅުމެއް އޮންނަ ޤައުމެއް ކަމާއި، ދެ ޤައުމުގެ ދެމެދުގައި އެކި ދާއިރާތަކުން އެއްބާރުލުން އަންނަނީ ދެމުންނެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS