Ads by Stelco

ޚަބަރު

އަޒަރްބައިޖާންގެ މިނިވަން ދުވަހުގެ ތަހުނިޔާ ރައީސަށާއި ބޮޑުވަޒީރަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވައިފި

އަޒަރްބައިޖާންގެ މިނިވަން ދުވަހުގެ ތަހުނިޔާ ރައީސަށާއި ބޮޑުވަޒީރަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވައިފި

އަޒަރްބައިޖާންގެ ދިދަ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

28 މޭ 2025، 12:19

28 މޭ 2025، 12:19

ހުލާސާ


އަޒަރްބައިޖާންގެ މިނިވަން ދުވަހުގެ މުނާސަބަތުގައި އެޤައުމުގެ ރައީސް އިލްހާމް ހައިދަރް އޮގްލޫ އަލިޔެވްއަށާއި ބޮޑުވަޒީރު އަލީ ހިދާޔަތު އޮގްލޫ އަސަދޯވްއަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަހުނިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.

ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވަނީ މިދުވަހަކީ އަޒަރްބައިޖާންގެ ރައްޔިތުންގެ ނުގުޑާ ޢަޒުމާއި އެއްބައިވަންތަކަން ހަނދާން އައުކުރަންވީ ދުވަހެއް ކަމަށެވެ. އަދި މި އުފާވެރި މުނާސަބަތުގައި އެޤައުމުގެ ރައްޔިތުންނަށްވެސް ތަހުނިޔާ ފޮނުއްވާފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖްގައި "ދިވެހިރާއްޖެއާއި އަޒަރްބައިޖާންއާ ދެމެދު އޮތް ގުޅުން އިތުރަށް ހަރުދަނާކުރުމުގައި ރާއްޖެއިން އަބަދުވެސް ދެގޮތެއް ނުވެ ދެމިތިބޭނެ" ކަމުގެ ޔަޤީންކަން ދެއްވާފައިވެއެވެ.

އަޒަރްބައިޖާނަކީ 1918 ވަނަ އަހަރުގެ މެއި 28 ވަނަ ދުވަހު މިނިވަންކަން ހޯދި ޤައުމެކެވެ. ދިވެހިރާއްޖެއާއި އަޒަރްބައިޖާންއާ ދެމެދު ސިޔާސީ ގުޅުން ޤާއިމުކުރެވުނީ 2006 ވަނަ އަހަރުގެ ޖޫން 15 ވަނަ ދުވަހުއެވެ. މިއީ ދެޤައުމުގެ ދެމެދުގައި އޮތް އެކުވެރިކަމުގެ ގުޅުން އިތުރަށް ބަދަހިވެގެން ދިޔަ މުހިންމު ދުވަހެކެވެ.

 

 

މި ލިޔުން ކިޔާލުމުން

Ads by MSS