Ads by Stelco

ޚަބަރު

ހުސްވެފައިވާ ޕޮލިސް ކޮމިޝަނަރު ކަމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ހުސްވެފައިވާ ޕޮލިސް ކޮމިޝަނަރު ކަމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ރައީސް މުޢިއްޒު ދާޚިލީ ވަޒީރު އިހްސާން އަދި ކުރީގެ ސީޕީ ޝުޖާޢުއާއިއެކު.

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

27 މޭ 2025، 05:09

27 މޭ 2025، 05:09

ހުސްވެފައިވާ ޕޮލިސް ކޮމިޝަނަރުގެ މަޤާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދު ދަޚިލީ ސަލާމަތާއި ފަންނިއްޔާތާއި ބެހޭ ވުޒާރާއިން ހުޅުވާލައިފިއެވެ. 

 މި މަޤާމަށް ކުރިމަތިލުމުގެ ފުރުސަތު ދެވިފައިވަނީ އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސް ރޭންކުން ފެށިގެން މަތީގެ އޮފިސަރުންނަށެވެ.

އެވުޒާރާއިން ކުރި އިއުލާނުގައިވާ ގޮތުން، މި މަޤާމަށް ޝައުގުވެރިވާ ފަރާތްތަކުން އެޕްލިކޭޝަން ހުށަހަޅަންޖެހޭނީ އަންނަ މަހުގެ ދެވަނަ ދުވަހުގެ މެންދުރު 12:00 ގެ ކުރިންނެވެ. ޕޮލިސް ކޮމިޝަނަރުގެ މަޤާމަށް މީހަކު އައްޔަން ކުރައްވާނީ ދާޚިލީ ވަޒީރުގެ ލަފާގެ މަތިން ރައީސުލްޖުމްހޫރިއްޔާއެވެ.

ޕޮލިސް ކޮމިޝަނަރުގެ މަޤާމު ހުސްވެފައި މިވަނީ އެ މަޤާމުގައި އެންމެ ފަހުން ހުންނެވި އަލީ ޝުޖާއު މިދިޔަ މަހު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. އޭނާގެ އިސްތިއުފާ ދެއްވުމުގެ ކުރިން، މާލޭގެ އިމާރާތެއް މަތިން ވެއްޓުނު ހައްވާ ޔުމްނު ރަޝީދުގެ މައްސަލައިގެ ތަހުޤީޤާ ގުޅިގެން ފުލުހުންނަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައިވެއެވެ.

ސުޖާއުގެ އިސްތިއުފާއާ ގުޅިގެން، އެ މަގާމު ވަގުތީގޮތުން ފުރަތަމަ ހަވާލުކުރެވުނީ އެސިސްޓެންޓް ކޮމިޝަނަރު ފަރުހާދު ފިކުރީއާއެވެ. ނަމަވެސް، އޭގެ ކުޑަ އިރުކޮޅެއްގެ ތެރޭގައި ހޯމް މިނިސްޓްރީން ވަނީ އެ ނިންމުން ބަދަލުކޮށް، އެސިސްޓެންޓް ކޮމިޝަނަރު އިސްމާޢިލް ނަވީންއާ މަޤާމު ވަގުތީގޮތުން ހަވާލުކޮށްފައެވެ.

މި މަޤާމަށް ހޮވޭ ފަރާތަކުން ދިވެހި ފުލުހުންގެ ޚިދުމަތުގެ އެންމެ އިސް މަޤާމު ފުރުއްވާނެއެވެ. އަދި މުޅި މުއައްސަސާގެ އެންމެ އިސް ވެރިޔާގެ ގޮތުގައި މަސައްކަތް ކުރައްވަން ޖެހޭނެއެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS