Ads by Stelco

ޚަބަރު

ހަންޏާމީދޫގެ ފަތުރުވެރިކަމާ ގުޅިފައި އޮތް އެ ރަށު ގޮނޑުދޮށް ހިމާޔަތްކުރަނީ

ހަންޏާމީދޫގެ ފަތުރުވެރިކަމާ ގުޅިފައި އޮތް އެ ރަށު ގޮނޑުދޮށް ހިމާޔަތްކުރަނީ

ހަންޏާމީދޫގެ ގޮނޑުދޮށް ---

27 މޭ 2025، 12:44

އދ. ހަންޏާމީދޫގެ ފަތުރުވެރިކަމާ ގުޅިފައި އޮތް އެ ރަށު ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުގައި މިއަދު ސޮއިކޮށްފިއެވެ.

މި މަސައްކަތް ސަރުކާރުން ހަވާލުކޮށްފައި ވަނީ މޯލްޑިވްސް ކޮންސްޓްރަކްޝަން އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާއެވެ. މިކަމަށްޓަކައި އޮތް ޙާއްސަ ރަސްމިއްޔާތެއްގައި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަ، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް (ރިޓަޔަރޑް) އަޙުމަދު ސަޢުދީއެވެ. އަދި މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ އަލްފާޟިލް އިބްރާޙިމް ނަޒީމްއެވެ.



ހަންޏާމީދޫއަކީ ފަތުރުވެރިކަމުން އާމްދަނީ ހޯދާ މީހުން ނިސްބަތުން ގިނަ ރަށެކެވެ. ނަމަވެސް ރަށުގެ ރީތި ގޮނޑުދޮށް އެއްކޮށް ގިރައިގެން ގޮސްފައިވުމީ، އެ ރަށުގައި ފަތުރުވެރިކަމުގެ މަސައްކަތްކުރަމުން އަންނަ ފަރާތްތަކުގެ ބޮޑު ކަންބޮޑުވުމެކެވެ. 

އެމްޓީސީސީން ހާމަކޮށްފައިވާ ގޮތުގައި، އެ ރަށުގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ ދަށުން ރަށް ގިރުމުގެ މައްސަލައަށް ބޮޑު ޙައްލެއް ލިބި، ގޮނޑުދޮށް އިޔާދަކުރެވޭނެއެވެ. 

މި މަޝްރޫޢުގެ ދަށުގެ އެމްޓީސީސީއާ ހަވާލުކުރި މަސައްކަތްތަކުގެ ތެރޭގައި 14،322.75 ކިއުބިކް މީޓަރުގެ ރާޅު ވެލި ގޮނޑުދޮށަށް އެޅުމާއި، 14،322.75 ކިއުބިކް މީޓަރުގެ ހިމުންވެލި ގޮނޑުދޮށަށް އެޅުމާއި، 455 މީޓަރުގެ ބޭރު ތޮއްޓެއް ލުމާއި އަދި 440 މީޓަރުގެ ބޮޑު ހިލައިގެ ގްރޮއިން ޖެހުން ހިމެނެއެވެ. 

މި މަސައްކަތް ފެށުމުގެ ކުރިން އެންވަޔަރޮމެންޓް އެސެސްމެންޓު ރިސްކެއް ހަދާނެކަމަށް އެމްޓީސީސީއިން ހާމަކޮށްފައިވެއެވެ. 

މި މަޝްރޫއަކީ 240 ދުވަސް ތެރޭގައި ނިންމުމަށް އެމްޓީސީސީއާ ހަވާލުކުރި މަސައްކަތެކެވެ. މަޝްރޫޢުގެ އަގަކީ. 46.20  މިލިއަން ރުފިޔާއެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS