Ads by Stelco

ޚަބަރު

މާވަށު ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގައި ސޮއިކޮށްފި

މާވަށު ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގައި ސޮއިކޮށްފި

މާވަށު ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގައި ސޮއިކުރުން، ފޮޓޯ: އެމްޓީސީސީ

27 މޭ 2025، 12:24

ލ. މާވަށު ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގައި މިއަދު ސޮއިކޮށްފިއެވެ.

ސަރުކާރުން މި މަސައްކަތް ހަވާލުކޮށްފައި ވަނީ މޯލްޑިވްސް ކޮންސްޓްރަކްޝަން އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާއެވެ.

މިކަމަށްޓަކައި އޮތް ޙާއްސަ ރަސްމިއްޔާތުގައި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް (ރިޓަޔަރޑް) އަޙުމަދު ސަޢުދީއެވެ. އަދި މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ އަލްފާޟިލް އިބްރާޙިމް ނަޒީމްއެވެ.

މި މަޝްރޫޢުގެ ދަށުގެ އެމްޓީސީސީއާ ހަވާލުކުރި މަސައްކަތްތަކުގެ ތެރޭގައި 166،400 ކިއުބިކް މީޓަރުގެ ރާޅު ވެލި ގޮނޑުދޮށަށް އެޅުމާއި، 524 މީޓަރުގެ ބޮޑު ހިލައިގެ ރިވެންޓުމެންޓެއް ޖެހުމާއި، 7500 ކިއުބިކް މީޓަރުގެ ސަރަޙައްދެއް ފުންކުރުމާއި، 2024 މީޓަރުގެ ޖިއޯބޭގް ރިވެންޓުމެންޓު ޖެހުމާއި، 180 މީޓަރުގެ ބޮޑު ހިލައިގެ ގްރޮއިން ޖެހުމާއި، 260 މީޓަރުގެ ޖިއޯބޭގް ގްރޮއިން ޖެހުމުގެ މަސައްކަތް ހިމެނެއެވެ.

މި މަސައްކަތް ފެށުމުގެ ކުރިން އެންވަޔަރޮމެންޓް އެސެސްމެންޓު ރިސްކެއް ހަދާނެކަމަށް އެމްޓީސީސީއިން ހާމަކޮށްފައިވެއެވެ. 

މި މަޝްރޫއަކީ 540 ދުވަސް ތެރޭގައި ނިންމުމަށް އެމްޓީސީސީއާ ހަވާލުކުރި މަސައްކަތެކެވެ. މަޝްރޫޢުގެ އަގަކީ 89.13 މިލިއަން ރުފިޔާއެވެ.

ރަށް ގިރުމާއި ރަށަށް އުދައެރުމުގެ މައްސަލައަކީ ލ. މާވަށު މީހުން ގިނަ ދުވަސްތަކެއް ވަންދެން ތަހައްމަލު ކުރަމުން އަންނަ އުނދަގޫ ކަމެކެވެ. ދެ މޫސުން ބަދަލުވާއިރު އެ ރަށަށް އުދަ އެރުމަކީ އާންމު ކަމެކެވެ. މިކަމުގެ ސަބަބުން ތިމާވެއްޓަށް ލިބޭ ގެއްލުންތަކުގެ އިތުރުން، ގޮނޑުދޮށާއި ކައިރި ގޭގެއަށް ލޮނު ވަދެ، އެ ގޭގޭގައި ހިފައި ގެންގުޅޭ ތަކެތި ހަލާކުވެ، ރަށުގެ ރައްޔިތުންނަށް ބޮޑެތި ގެއްލުންތަކާ އަންނަނީ ކުރިމަތިވަމުންނެވެ. 

އެހެންކަމުން އެ ރަށު ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢާއެކު، މި އުނދަގޫތަކަށް ޙައްލެއް ލިބިގެން ދާނެކަމަށް އެމްޓީސީސީއިން ވަނީ ހާމަކޮށްފައެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS