ޚަބަރު
ކުޑަހުވަދޫ ބަނދަރުގެ މަސައްކަތް ފެށުމަށް ތައްޔާރުވެއްޖެ

ކުޑަހުވަދޫ ބަނދަރު ހެދުމަށް ބޭނުންވާ ކުއޭ ވޯލް ބުލޮކްގެ ފުރަތަމަ ޝިޕްމެންޓު އެ ރަށަށް ގެންގޮސްފައި، ފޮޓޯ: އެމްޓީސީސީ
ދ. ކުޑަހވަދޫ ބަނދަރު ހެދުމުގެ މަސައްކަތް ފެށުމަށް ތައްޔާރުވެއްޖެއެވެ.
އެ މަސައްކަތް ކޮންޓްރެކްޓްކޮށްފައިވާ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފައިވާ ގޮތުގައި، އެ މަސައްކަތަށް ބޭނުންވާ ކުއޭ ވޯލް ބްލޮކްތަކުގެ ފުރަތަމަ ޝިޕްމެންޓު ވަނީ މިހާރު އެ ރަށަށް ގެންގޮސްފައެވެ.
Project Update: Design and Build of Dh. Kudahuvadhoo Harbor Upgrade
— MTCC Plc (@MTCCPlc) May 27, 2025
First shipment of quay wall blocks required for the project have been delivered to the site.
Follow more updates at: https://t.co/SfVAzkVuzR
#MTCCProjects#TeamMTCC#RayyithungeKunfuni#GaumuBinaakurumugaaMTCC pic.twitter.com/4Gsi53nVTV
މި މަސައްކަތުގެ އެއްބަސްވުމުގައި އެމްޓީސީސީ އާއި މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރއާއެކު ސޮއިކޮށްފައިވަނީ 14 އޯގަސްޓު 2023 ވަނަ ދުވަހުއެވެ. ނަމަވެސް މި މަސައްކަތް ނުފަށައި ގިނަ ދުވަސްތަކެއް ވަނީ ހޭދަވެގެން ގޮސްފައެވެ.
ކުޑަހުވަދޫ ބަނދަރު ތަރައްޤީކުރުމަށް ހިންގާ މަޝްރޫޢުގެ ތެރެއިން އެ ރަށުގެ އުތުރުފަރާތު ބަނދަރުގައި 176 މީޓަރުގެ ބޭރުތޮށިލުން ކުރިއަށްދާނެއެވެ. އަދި ބޮޑު ހިލައިގެ ބޭރު ތޮށި 312 މީޓަރަށް އިތުރު ކުރުމުގެ އިތުރުން، 90 މީޓަރުގެ ކޮންކްރީޓް ޖެޓީއެއް ހެދުންވެސް މި މަޝްރޫޢުގައި ހިމެނެއެވެ. އަދި މި މަޝްރޫޢުގެ ދަށުން ބަނދަރުގައި ފައްތިޔާ ގާއިމްކުރުމާއި ބޭރުތޮއްޓަށް އެރޭނެގޮތަށް ކޮންކްރީޓް ބްރިޖެއް ހެދުން ހިމެނެއެވެ.
ކުޑަހުވަދޫއަކީ މަސްވެރި ރަށެއްގެ އިތުރުން ބޭސްފަރުވާ އާއި އެނޫންވެސް ބޭނުންތަކަށް ގިނަ އަދަދެއްގެ ބަޔަކު ދާ ރަށެކެވެ. އެހެންކަމުން އެ ރަށުގެ ބަނދަރަކީ ގިނަ އަދަދަކަށް ކަންނެލި އޮޑި ފަހަރުތަކާއި ލޯންޗު އަދި ޑިންގީތައް އަޅާ ބަނދަރެކެވެ. ނަމަވެސް މިހާރު އެ ރަށުގައި ބޭނުން ކުރާ ބަނދަރުގެ ޖާގައިގެ ދަތިކަން ބޮޑުކަމުން، ބަދަރު ތަރައްޤީ ކުރުމަކީ މުޅި ރަށުގެ ތަރައްޤީއަށް އެޅިގެންދާނެ މުހިންމު ފިޔަވަޅެކެވެ.