Ads by Stelco

ޚަބަރު

ދަރިވަރެއްގެ އިނގިލި އަނބުރާލާ އަނިޔާދިން މައްސަލައެއް ފުލުހުން ބަލަނީ

ދަރިވަރެއްގެ އިނގިލި އަނބުރާލާ އަނިޔާދިން މައްސަލައެއް ފުލުހުން ބަލަނީ

ތ. ކަނޑޫދޫ، ފޮޓޯ: ސަން

27 މޭ 2025، 12:08

ސްކޫލް ދަރިވަރެއްގެ އިނގިލި ޓީޗަރަކު އަނބުރާލި މައްސަލައެއް ބަލަން ފަށާފައިވާކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ހާމަކޮށްފިއެވެ.

ތ. ކަނޑޫދޫގައި ހިނގި މި ހާދިސާގައި ޝާމިލްވެފައިވަނީ ބިދޭސީ ޓީޗަރެކެވެ. ފުލުހުން ހާމަކޮށްފައިވާ ގޮތުގައި އެ ބިދޭސީ ޓީޗަރު ވަނީ ދަރިވަރުގެ އިނގިލީގައި ހިފާ އަނބުރާލާފައެވެ. އަދި އަނބުރާލުމުގެ ތެރޭގައި އެ ކުއްޖާގެ އިނގިލީގެ ހުޅުން ނައްޓާފައިވާކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ.

މިއަދު ހިނގި މި ހާދިސާގައި އަނިޔާ ލިބުނު ކުއްޖާއަށް މިހާރު ފަރުވާ ދެމުން އަންނަނީ ތ. ވޭމަންޑޫ ސިއްޙީ މަރުކަޒުގައެވެ.

އެނގިފައިވާ ގޮތުގައި މި މައްސަލަ ރައްދުވަނީ އިންޑިއާއަށް ނިސްބަތްވާ ޓީޗަރަކަށެވެ. އަދި އަނިޔާ ލިބުނު ކުއްޖަކީ 11 އަހަރުގެ ފިރިހެން ކުއްޖެކެވެ. 

ފުލުހުން ބުނީ މި މައްސަލާގައި އަދި މީހަކު ހައްޔަރުނުކުރާ ކަމަށެވެ. 

މި ލިޔުން ކިޔާލުމުން

Ads by MSS