Ads by Stelco

ޚަބަރު

ގޭންގު ކުށްތައް ހުއްޓުވުމުގެ ބިލު ރައީސް މުޢިއްޒު ތަސްދީޤުކުރައްވައިފި

ގޭންގު ކުށްތައް ހުއްޓުވުމުގެ ބިލު ރައީސް މުޢިއްޒު ތަސްދީޤުކުރައްވައިފި

ގޭންގު ކުށްތައް ހުއްޓުވުމުގެ ބިލު ތަސްދީޤްކުރެއްވުން. ފޮޓޯ: ރައީސް އޮފީސް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

25 މޭ 2025، 01:35

25 މޭ 2025، 01:35

ގޭންގު ކުށްތަކާއި އެހެނިހެން ނުރައްކާތެރި ކުށްތައް ހުއްޓުވުމަށް ހަރުކަށި އަދަބުތަކާއެކު އެކުލަވާލާފައިވާ "ގޭންގުތަކުން ހިންގާ ކުށްތަކާއި އެނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ބިލު" ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތަސްދީޤުކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ދަރުމަވަންތަ މާލަމުގައި ބޭއްވުނު ޚާއްސަ ރަސްމިއްޔާތެއްގައި މި ބިލު ތަސްދީޤުކުރެއްވިއިރު، މި ރަސްމިއްޔާތުގައި ދާޚިލީ ސަލާމަތާއި ފަންނިއްޔާތާބެހޭ ވަޒީރު ޢަލީ އިޙްސާނާއި، ބަންޑާރަނައިބު އަލްއުސްތާޛު އަހުމަދު އުޝާމާއި، ޕްރޮސިކިއުޓަރ ޖެނެރަލް ޢައްބާސް ޝަރީފުގެ އިތުރުން ސަލާމަތީ ޚިދުމަތްތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

މި ބިލަކީ ސަރުކާރުގެ ފަރާތުން ހުށަހެޅުއްވި ބިލެއް ކަމަށްވާއިރު، ރައްޔިތުންގެ މަޖިލީހުން މި ބިލު ފާސްކުރެއްވީ މި މަހުގެ 15 ވަނަ ދުވަހު ބޭއްވުނު މި އަހަރުގެ ފުރަތަމަ ދައުރުގެ 32 ވަނަ ޖަލްސާގައެވެ.

މި ޤާނޫނުގެ މައިގަނޑު މަޤްޞަދަކީ ގޭންގު ކުށްތައް ހިމެނޭހެން އިންތިޒާމްވެގެން ހިންގާ ބޮޑެތި ކުށްތަކާއި ނުރައްކާތެރި ކުށްތައް ހުއްޓުވުމަށްޓަކައި އެފަދަ ކުށްތަކަށް އަދަބު ކަނޑައެޅުމާއި، ތަންފީޒީ އިދާރާތަކަށް ޚާއްސަ ބާރުތަކެއް ދިނުމެވެ.

މީގެއިތުރުން، މި ޤާނޫނުގެ ދަށުން ކުށްވެރިންނަށް އިޞްލާޙީ ފުރުޞަތު ދިނުމަށް ޚާއްސަ އަހައްމިއްޔަތުކަމެއް ދީފައިވެއެވެ. މިގޮތުން، ކުށުގެ ވެށިން ދުރުކޮށް މުޖުތަމަޢަށް އަނބުރާ ގެނައުމަށް މަގުފަހިކުރުމާއި، އެފަދަ ފަރާތްތައް މޮނިޓަރކޮށް ބެލެހެއްޓުމަށް ޚާއްސަ އުސޫލުތަކެއް މި ޤާނޫނުގައި ކަނޑައަޅާފައިވެއެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS