Ads by Stelco

ޚަބަރު

ދިވެހި ފުޓްބޯޅަ ވަނީ މުޅި ޤައުމު އެއްބައިވަންތަކޮށްދީ، ޤައުމު ފަޚުރުވެރިވާނެ އެތައް ހުނަރުވެރިއެއް އުފައްދައިދީފައި: ރައީސް މުޢިއްޒު

ދިވެހި ފުޓްބޯޅަ ވަނީ މުޅި ޤައުމު އެއްބައިވަންތަކޮށްދީ، ޤައުމު ފަޚުރުވެރިވާނެ އެތައް ހުނަރުވެރިއެއް އުފައްދައިދީފައި: ރައީސް މުޢިއްޒު

ރައީސުލްޖުމްހޫރިއްޔާ، 90 ޕްލަސް ގޯލްޑް ކަޕް 2024، ފައިނަލް މެޗް ބައްލަވާލެއްވުން. ފޮޓޯ: ރައީސް އޮފީސް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

25 މޭ 2025، 01:34

25 މޭ 2025، 01:34

ދިވެހި ފުޓުބޯޅަ ވަނީ މުޅި ޤައުމު އެއްބައިވަންތަ ކޮށްދީފައި ކަމަށާއި ޤައުމު ފަޚުރުވެރިވާނެ އެތައް ހުނަރުވެރިއެއް އުފައްދައިދީފައިކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ވިދާޅުވެެެއްޖެއެވެ. 

ރައީސް މުޢިއްޒު މިހެން ވިދާޅުވީ ދުނިޔޭގެ ފުޓުބޯޅައިގެ ދުވަހުގެ މުނާސަބަތުގައި އެކްސްގައި ކުރެއްވެވި ޕޯސްޓެއްގައެވެ. 

ރައީސް ވިދާޅުވީ ދިވެހި ފުޓްބޯޅަ ވަނީ މުޅި ޤައުމު އެއްބައިވަންތަ ކޮށްދީފައި ކަމަށާއި ޤައުމު ފަޚުރުވެރިވާނެ އެތައް ހުނަރުވެރިއެއް އުފައްދައިދީފައި ކަމަށެވެ.

މީގެއިތިުރުން ރައީސް ވިދާޅުވީ ފުޓުބޯޅާވަނީ ރާއްޖޭގެ ކުދިބޮޑު ހުރިހާ ރަށްރަށެއްގައި އިޖްތިމާޢީ ރޫޙު އާލާކޮށްދީފައި ކަމަށެވެ.

ދިވެހީންގެ މެދުގައި ފުޓްބޯޅައަށް ހައްގު މަގާމު އަލުން އަނބުރައި ހޯދަައިދިނުމަށް ސަރުކާރުން ކުރާ މަސައްކަތް ދަނީ ކާމިޔާބީގެ އަމާޒަށް ދަތުރުކުރަމުން

ރައީސް ޑރ މުއިއްޒު ވިދާޅުވިއެވެ.

ކޮންމެ އަހަރެއްގެ މެއި 25 ވަނަ ދުވަހަކީ ދުނިޔޭގެ ފުޓްބޯޅަ ދުވަހެވެ. މި ދުވަސް ފާހަގަކުރެވެނީ ފުޓްބޯޅައަކީ ދުނިޔޭގެ ހުރިހާ ކަންކޮޅުތަކަށް ފެތުރިފައިވާ ކުޅިވަރެއްކަމާއި، ވިޔަފާރި، ސުލްހަ އަދި ޑިޕްލޮމަސީ ފަދަ ދާއިރާތަކަށް މި ކުޅިވަރުން ކުރާ އަސަރު ފާހަގަކުރުމަށެވެ. މި ދުވަސް ފާހަގަކުރުމުގެ މަޤްޞަދަކީ އެއްބާރުލުން ދިނުމުގެ ޖާގައެއް އުފެއްދުމެވެ.

2024 ވަނަ އަހަރަކީ ދުނިޔޭގެ ހުރިހާ ސަރަޙައްދެއްގެ ބައިވެރިވުން އޮވެގެން ބޭއްވުނު ފުރަތަމަ ބައިނަލްއަޤްވާމީ ފުޓްބޯޅަ މުބާރާތް ބޭއްވުނުތާ 100 އަހަރު ފުރުނު އަހަރެވެ. އެ މުބާރާތް ބޭއްވުނީ 1924 ވަނަ އަހަރުގެ މެއި 25 ވަނަ ދުވަހު ޕެރިހުގައި ބޭއްވުނު ސަމަރ އޮލިމްޕިކް ގޭމްސްގައެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS