Ads by Stelco

ޚަބަރު

މިއަންނަ އަހަރަކީ ޤައުމީ އުފެއްދުންތެރިކަމުގެ އަހަރެއްގެ ގޮތުގައި ހެދުމަށް ދަނީ ޕްލޭންކުރެވެމުން: ރައީސް މުޢިއްޒު

މިއަންނަ އަހަރަކީ ޤައުމީ އުފެއްދުންތެރިކަމުގެ އަހަރެއްގެ ގޮތުގައި ހެދުމަށް ދަނީ ޕްލޭންކުރެވެމުން: ރައީސް މުޢިއްޒު

ރައީސް ޑރ މުޙައްމަދު މުޢިއްޒު. ފޮޓޯ: ރައީސް އޮފީސް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

25 މޭ 2025، 01:32

25 މޭ 2025، 01:32

މިއަންނަ އަހަރަކީ ޤައުމީ އުފެއްދުންތެރިކަމުގެ އަހަރެއްގެ ގޮތުގައި ހެދުމަށް ދަނީ ޕްލޭންކުރެވެމުންކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްެޖެއެވެ.

ރައީސް މުއިއްޒު މިހެން ވިދާޅުވީ ދިވެހީންގެ އުފެއްދުންތެރިކަމުގެ މަޢުރަޒު 2025ގެ ސްޓޯލްތަކަށް ރޭ ޒިޔާރަތްކުރެއްވުމަށްފަހު ދައުލަތުގެ މީޑިއާ އާއި ވާހަކަދައްވަމުންނެވެ.

ރައީސް ވިދާޅުވީ މި އަހަރުގެ އުފެއްދުންތެރިންގެ މަޢުރަޒަކީ ވަރަށް ކާމިޔާބު މަޢުރަޒެއް ކަމަށެވެ.

 މަޢުރަޒުގެ މަޤްޞަދަކީ ދިވެހިއުފެއްދުންތެރިންނަަށް ފުރުޞަތު ދިނުންކަމަށާއި އެފުރުޞަތުގެ ބޭނުން އުފެއްދުންތެރިން ވަރަށް ފުޅާކޮށް ހިއްޕަވައިފިކަމަށް ރައީސް މުޢިއްްޒު ވިދާޅުވިއެވެ.

މީގެއިތުރުން ރައީސް ވިދާޅުވީ ކްރިއޭޓިވް އިކޮނޮމީއެއް އުފެއްދެވުމަކީ އެމަނިކުފާނުގެ މެނިފެސްޓޯގެ ވަރަށް މުހިންމު ވަޢުދެއް ކަމަށެވެ.  2030ގެ ކުރިން ރާއްޖޭގެ މުޅި އުފެއްދުންތެރިކަމުގެ %15 ހިއްސާއަކީ ކްރިއޭޓިވް އިންޑަސްޓްރީ ކަމަށް ހެދުމަށް ނިންމަވާފައިވާ ކަމަށެވެ. ނަމަވެސް މަޢުރަޒުގައި އެ ދާއިރާއިން ފެނިގެންދިޔަ ހުށަހެޅުންތަކަށްބަލާއިރު 2030ގެ ކުރިން އެ ވައުދު ހާސިލްކުރެވޭނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

 އަޅުގަނޑުގެ ޒިންމާއަކަށް ދެކެނީ މިކަމަށް ފުރުސަތުދޭން. މި ޓެލެންޓުތަކަށް ފުރުސަތުދޭން. މިއީ އަޅުގަނޑުމެންގެ މެނިފެސްޓޯގައިވެސް ހިމަނާފައިވާ ކަންކަން. ފުރިހަމަ ޕޭމަންޓް ގޭޓްވޭ ނިޒާމެއް ގާއިމްކުރުމާއި ސެލަރ އެކައުންޓް ކްރިއޭޓް ކުރުން

ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.

 ޑިޖިޓަލައިޒް ޕްލެޓްފޯމެއްގެ ތެރެއިން ރާއްޖޭގެ އުފެއްދުންތެރިންނަށް ރާއްޖެއާއި ރާއްޖޭން ބޭރުން ފުރުސަތުތައް ފަހިކޮށްދެވޭނެ ކަމަށާއި އަދި މިހާރު ހުރި ފުރުސަތުތައް އެއަށްވުރެ އިތުރުކޮށްދެއްވާނެ ކަމަށްވެސް ރައީސް މުޢިއްޒު ވިދާޅުވިއެވެ.

މިއަންނަ އަހަރު އަޅުގަނޑު މިހާރު މިނިސްޓަރ ސަޢީދަށް ދަންނަވާފައިވާނެ، ތަފްސީލް ކެބިނެޓް ޑިސްކަޝަނަކަށްދާން، ލިޔެކިޔުންތައް ތައްޔާރުކޮށް މަޝްވަރާއަށްދާން، މިއަންނަ އަހަރު މުޅި އަހަރަކީ، ޤައުމީ އުފެއްދުންތެރިކަމުގެ އަހަރެއްގެ ގޮތުގައި ކަނޑައަޅަން ޕްލޭންކޮށްގެން ވަށާޖެހޭ ގޮތެއްގަ

ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ އެކަން ކުރުމަށް މިއައަންނަ އަހަރަށް ބަޖެޓް ހަދާއިރު ބަޖެޓްގައި އެކަން ހިމަނުއްވާނެ ކަމަށެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS