Ads by Stelco

ޚަބަރު

ޙައްޖުވެރިއަކަށް ޙާލަތެއް ދިމާވިނަމަވެސް ދިވެހި ސަރުކާރުން އެ ޙައްޖުވެރިއަކަށް އެހީތެރިކަން ފޯރުކޮށްދެއްވާނެ: ވަޒީރު ޝަހީމް

ޙައްޖުވެރިއަކަށް ޙާލަތެއް ދިމާވިނަމަވެސް ދިވެހި ސަރުކާރުން އެ ޙައްޖުވެރިއަކަށް އެހީތެރިކަން ފޯރުކޮށްދެއްވާނެ: ވަޒީރު ޝަހީމް

އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރު ޑރ މުޙައްމަދު ޝަހީމް ޢަލީ ސަޢީދު. ފޮޓޯ: އިސްލާމީ ވުޒާރާ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

25 މޭ 2025، 10:08

25 މޭ 2025، 10:08

ޙައްޖުވެރިއަކަށް ޙާލަތެއް ދިމާވި ނަމަ ދިވެހި ސަރުކާރުން އެ ޙައްޖުވެރިއަކަށް އެހީތެރިކަން ފޯރުކޮށްދެއްވާނެ: ވަޒީރު ޝަހީމް 

ޙައްޖުވެރިއަކަށް ޙާލަތެއް ދިމާވިނަމަ ދިވެހި ސަރުކާރުން އެ ޙައްޖުވެރިއަކަށް އެހީތެރިކަން ފޯރުކޮށްދެއްވާނެ ކަމަށް އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރު ޑރ މުޙައްމަދު ޝަހީމް ޢަލީނ ސަޢީދު ވިދާޅުވެއްޖެއެވެ. 

ވަޒީރު ޝަހީމް މިހެން ވިދާޅުވީ މިއަހަރު ރާއްޖެއިން ޙައްޖަށްދާ ޙައްޖުވެރިނަށް ޚާއްސަކޮށްގެން ބޭއްވި މަޢުލޫމާތު ދިނުމުގެ ސެޝަންތައް ފެއްޓުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވެފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިރުޝާދުގެ ދަށުން، ކަމާ ގުޅުންހުރި އެންމެހާ އިދާރާތައް ގުޅިގެން ޙައްޖުވެރިންގެ ކަންކަން ފަސޭހަކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.

 ވަޒީރު ވިދާޅުވީ، މާތްﷲގެ އިރާދަފުޅާއެކު ދިވެހި ޙައްޖުވެރިންނަށް މިއަހަރު ވަރަށް ގިނަ ފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ.

ވަޒީރު ޝަހީމް ފާހަގަކުރެއްވި ގޮތުގައި ސަޢުދީ ޢަރަބިއްޔާ ސަރުކާރުން ކުރިއަށް ގެންދާ މައްކާ ރޫޓު އިނިޝިއޭޓިވްގައި ދިވެހިރާއްޖެ ހިމެނުމަށް ނިންމެވި ނިންމެވުމަކީ ދިވެހިރާއްޖޭގެ ޙައްޖުގެ ތާރީޚުގައި އަންނަ އެންމެ ފަސޭހަ ބަދަލެވެ. މި އިނިޝިއޭޓިވްގެ ދަށުން ޖިއްދާ އެއަރޕޯޓުން ޙައްޖުވެރިންނަށް ޚާއްޞަ އިސްތިޤުބާލެއް ދެވޭނެ ކަމަށާއި، އިމިގްރޭޝަންގެ ކަންކަމާއި ފޮށިތައް ނެގުމަށް މަޑުކުރަން ނުޖެހި ސީދާ ހޮޓަލަށް ދެވޭނެއެވެ.

"ދިވެހި ޙައްޖުވެރިންގެ ހައްޤުގައި ދިވެހި ސަރުކާރާއި، މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނާއި އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ހުރިހާ ޚިދުމަތެއް ފޯރުކޮށްދިނުމުގައި ދެމިތިބޭނެ," ވަޒީރު ވިދާޅުވިއެވެ. އަދި ޙައްޖުވެރިއަކަށް އެއްވެސް ޙާލަތެއް ދިމާވެއްޖެނަމަ ދިވެހި ސަރުކާރުން އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މިއަހަރުގެ ފުރަތަމަ ޙައްޖު ފްލައިޓު ފުރުމަށް ހަމަޖެހިފައިވަނީ މާދަމާއެވެ. އަދި މައްކާ ރޫޓު އިނިޝިއޭޓިވް ރަސްމީކޮށް އިފްތިތާޙްކުރުމަށް ހަމަޖެހިފައިވަނީވެސް މާދަމާ ކަމަށާއި، މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ދެކަނބަލުން ކަމުގައި ވަޒީރު ހާމަކުރެއްވިއެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS