Ads by Aqeeqa Maldives

ޚަބަރު

ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު ޕެރަގުއޭގެ މިނިވަން ދުވަހުގެ ތަހުނިޔާ ފޮނުއްވައިފި

ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު ޕެރަގުއޭގެ މިނިވަން ދުވަހުގެ ތަހުނިޔާ ފޮނުއްވައިފި

ދިވެހިރާއްޖެއާއި ޕެރަގުއޭގެ ދިދަ/ފޮޓޯ: ޝަޓަރސްޓޮކް

14 މޭ 2025، 06:53

ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު ޕެރަގުއޭގެ މިނިވަން ދުވަހުގެ ތަހުނިޔާ ފޮނުއްވައިފި އެވެ.

ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް ވަނީ ޕެރަގުއޭގެ މިނިވަން ދުވަހުގެ މުނާސަބަތުގައި އެ ޤައުމުގެ ޚާރިޖީ ވަޒީރު، ރޫބެން ޑާރިއޯ ރަމިރޭޒް ލެޒްކާނޯއަށް ތަހުނިޔާގެ މެސެޖެއް ފޮނުއްވާފައެވެ.

މި މެސެޖުގައި ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް ވިދާޅުވީ، ޕެރަގުއޭގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ‎ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުންގެ ނަމުގައާއި، އަދި އެމަނިކުފާނުގެ އަމިއްލަ ނަމުގައި ޕެރަގުއޭގެ ސަރުކާރަށާއި، އެ ޤައުމުގެ އެންމެހާ ރައްޔިތުންނަށް ތަހުނިޔާ އާއި ހެޔޮ އެދުންތައް އަރިސްކުރައްވާކަމަށެވެ. މީގެ އިތުރުން، އެ ޤައުމުގެ ޚާރިޖީ ވަޒީރަށް ދުޅަހެޔޮ ސިއްޙަތާއި ޕެރަގުއޭގެ ރައްޔިތުންނަށް އިތުރު ސުލްޙަ އާއި ތަނަވަސްކަން ލިބުމަށް އެދިވަޑައިގަންނަވާކަމަށް ވެސް ވަޒީރު ވަނީ ވިދާޅުވެފައެވެ.

ވަޒީރުގެ މެސެޖު ނިންމަވާލައްވާފައިވަނީ، ޕެރަގުއޭގެ ޚާރިޖީ ވަޒީރަށް ކުރައްވާ މަތިވެރި ޤަދަރު އާކުރައްވާ އެކަމުގެ ޔަޤީންކަން އެރުއްވުމަށް ފަހުގައެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS