Ads by Aqeeqa Maldives

ޚަބަރު

އައްޑޫއިން ލާމު އަތޮޅަށް މޫސުން ގޯސް، ހުދު ސަމާލު ނެރެފި

އައްޑޫއިން ލާމު އަތޮޅަށް މޫސުން ގޯސް، ހުދު ސަމާލު ނެރެފި

އައްޑޫއަށް ބޯކޮށް ވާރޭވެހި ފެންބޮޑުވެފައިއޮތް ދުވަހެއް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

14 މޭ 2025، 12:06

14 މޭ 2025، 12:06

އައްޑު އަތޮޅުން ލާމު އަތޮޅަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ހުދުސަމާލު ނެރެފިއެވެ.

މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ބުނެފައިވަނީ ލާމު އަތޮޅުން އައްޑު އަތޮޅަށް މިއަދުގެ 11:00 ން 17:00 އަށް އެސަރަަހައްދަށް މޫސުން ގޯސްވާނެ ކަމަށެވެ.

މިވަގުތު ތަކުގައި ބޯކޮށް ވާރޭވެހުމާއި އެކު ގުގުރާނެ ކަމަށާއި، އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށް ވެސް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ބުނެފައިވެއެވެ.

މިދުވަސްވަރަކީ މޫސުން ގޯސްދުވަސްވަރެެއް ކަމުން މޫސުމަށް ސަމާލުވެ ސަލާމަތީ ފިޔަވަޅުތައް އެޅުމަށް ކަމާއިބެހޭ އިދާރާތަކުން ދަނީ އިރުޝާދުދެމުންނެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS