Ads by Aqeeqa Maldives

ޚަބަރު

މިއަދު މަޖިލީހަށް ވަޒީރު މާރިޔާ ހާޒިރުކުރަނީ

މިއަދު މަޖިލީހަށް ވަޒީރު މާރިޔާ ހާޒިރުކުރަނީ

ަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވަޒީރު ޑރ. މަރްޔަމް މާރިޔާ ---

14 މޭ 2025، 07:15

މިއަދު އޮންނަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވަޒީރު ޑރ. މަރްޔަމް މާރިޔާ ހާޒިރުކުރުމަށް އެޖެންޑާކޮށްފިއެވެ.

ވަޒީރު މަޖިލީހަށް ހާޒިރުކުރުމަށް ނިންމާފައި މިވަނީ، ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް އެ ވަޒީރާއި ސުވާލު ކުރެއްވުމަށް ހުށަހަޅުއްވާފައިވާތީއެވެ.

މެންބަރު އޮޅުންފިލުވުމަށް ބޭނުންވާ ކަންކަމުގެ ތެރޭގައި، "އޮޅު ހިޔާ"އިން ބުޅާތަކަށް ހިޔާވަހިކަން ދެމުން ނުދިއުމުގެ ސަބަބުތަކާއި، އެތަން ހުޅުވީ މުވައްޒަފުންނާއި ސާމާނު ހަމަވެގެންތޯ އާއި މަގުމަތީގައި އުޅޭ ބުޅާތައް އެތަނަށް ގެންދެވޭނެ މުއްދަތެއް ބެލުން ހިމެނެއެވެ.

"އޮޅު ހިޔާ"ގައި ބުޅާތަކަށް ހިޔާވަހިކަން ނުދޭ ސަބަބު ހޯދުމަށް މެންބަރު ބޭނުންފުޅު ވިޔަސް، މިދިޔަ މަހު ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާއިން ސޯޝަލް މީޑިއާގައި ޙިއްސާކުރި ޕޯސްޓެއްގައި ހާމަވެފައިވާ ގޮތުން، އެ ތަނުގައި އޭރު 30 ބުޅާ ބަލަހައްޓަމުން ދިޔައެވެ.

"އޮޅު ހިޔާ" އަކީ  މާލޭގެ މަގުތަކުގައި ގިނަވަމުންދާ ބުޅަލުގެ މައްސަލައަށް ދާއިމީ ޙައްލެއް ހޯދުމުގެ ގޮތުން ޒަމާނީ ފެންވަރަށް ތަރައްޤީކޮށްފައިވާ ފެސިލިޓީއެކެވެ. މިފަދަ މަސައްކަތެއް ސަރުކާރުން ކުރުމުގެ މަޤްޞަދުތަކުގެ ތެރޭގައި ރާއްޖޭގައި ޕެޓްކެއަރގެ ހަރުދަނާ ޤަވާއިދުތަކަކާއި ޢުޞޫލުތަކެއް ތަންފީޒުކުރުން ހިމެނެއެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS