Ads by Aqeeqa Maldives

ޚަބަރު

ޚާރިޖީ ވަޒީރު ކުވައިތުގެ އެކްޓިންގ ޕްރައިމް މިނިސްޓަރ އަދި އިންޓީރިއަރ މިނިސްޓަރގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފި

ޚާރިޖީ ވަޒީރު ކުވައިތުގެ އެކްޓިންގ ޕްރައިމް މިނިސްޓަރ އަދި އިންޓީރިއަރ މިނިސްޓަރގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފި

ޚާރިޖީ ވަޒީރު ޚަލީލް ކުވައިތުގެ އެކްޓިންގ ޕްރައިމް މިނިސްޓަރ އަދި އިންޓީރިއަރ މިނިސްޓަރގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރެއްވުން. ފޮޓޯ: ޚާރިޖިއްޔާ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

13 މޭ 2025، 08:31

13 މޭ 2025، 08:31

ހުލާސާ


ދިވެހި ރާއްޖޭގެ ޚާރިޖީ ވަޒީރު ޑރ ޢަބްދުﷲ ޚަލީލް ކުވައިތަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން އެ ޤައުމުގެ އެކްޓިންގ ޕްރައިމް މިނިސްޓަރ އަދި އިންޓީރިއަރ މިނިސްޓަަރ ޝެއިޚް ފަޙަދު ޔޫސުފު ސަޢުދު އަލް- ސަބާގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ. 

މި އިޙްތިރާމްގެ ޒިޔާރަތުގައި، ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒުގެ ފަރާތްޕުޅުން ކުވޭތުގެ އަމީރު، ހިޒް ހައިނަސް، ޝެއިޚު މެޝަލް އަލް- އަޙްމަދު އަލް-ޖަބިރު، އަލް- ސަބަޙް އަދި ކުވައިތުގެ ލީޑަރޝިޕަށް ތަހުނިޔާ އާއި ހެޔޮއެދުންތައް އަރިސްކުރައްވާފައިވެއެވެ. 

މީގެއިތުރުން ދިވެހިރާއްޖެ އާއި ކުވޭތާ ދެމެދު އިސްލާމްދީނުގެ މަތިވެރި އަސާސްތަކުގެ މައްޗަށް ބިނާވެފައިވާ ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށާއި ތަފާތު އެކި ދާއިރާތަކުން ގުޅުން އިތުރަށް ހަރުދަނާ ކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރެއްވައިފައިވާ ކަމަށް ޚާރިޖިއްޔާއިން ބުނެއެވެ.

މި ޒިޔާރަތުގައި ޚާރިޖީ ވަޒީރު ޚަލީލް ވަނީ ދިވެހިރާއްޖޭގެ ތަރައްޤީގެ ތަފާތު އެކި މަޝްރޫޢުތަކަށް ކުވޭތު ސަރުކާރުން ފޯރުކޮށްދެއްވަމުންދާ އެހީތެރިކަމަށް ކުވޭތު ލީޑަރޝިޕަށާއި، ކުވޭތު ސަރުކާރުގެ އިސްވެރިންނަށް ޝުކުރު އަދާކުރައްވައިފައެވެ.

 ހާއްސަގޮތެއްގައި ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީ ކުރުމުގެ މަޝްރޫޢަށް ކުވައިތު ފަންޑް ފޯ އިކޮނޮމިކް ޑިވެލޮޕްމެންޓްގެ އެހީތެރިކަމާއި، ދިވެހިރާއްޖޭގެ ސިއްޙީ ނިޒާމު ހަރުދަނާ ކުރުމަށް ދެއްވާ އެހީތެރިކަން ޚާރިޖީ ވަޒީރު ފާހަގަކުރެއްވިއެވެ.

ކުވައިތުގެ އެކްޓިންގ ޕްރައިމް މިނިސްޓަރ އަދި މިނިސްޓަރ އޮފް އިންޓީރިއަރ ޝެއިޚް ފަޙަދު ޔޫސުފު ސަޢުދު އަލް- ސަބާގެ ވާހަކަފުޅުގައި ދިވެހިރާއްޖެއާއި ކުވޭތާ ދެ ޤައުމުގެ ދެމެދު އުފެދިފައިވާ ގުޅުމުގެ މައްޗަށް އަލިއަޅުވާލައްވައި މިގުޅުން އިތުރަށް ބަދަހި ކުރުމުގެ މައްޗަށް ވާހަކަފުޅު ދެއްކެވިއެވެ. 

މި ބައްދަލުކުރެއްވުމުގައި، ކުވައިތުގެ ޑެޕިއުޓީ ޕްރައިމް މިނިސްޓަރ އަދި މިނިސްޓަރ އޮފް ސްޓޭޓް ފޮރ ކެބިނެޓް އެފެއާޒް ޝަރީދާ ޢަބްދުﷲ ސާދު އަލް-މައުޝަރީ، ޕްރައިމް މިނިސްޓަރ އޮފީހުގެ ޗީފް، ޢަބްދުލް އަޒީޒު ދާޚިލް އަލް-ދާޚިލް އަދި އެސިސްޓަންޓް ފޮރިން މިނިސްޓަރ ފޮރ އޭޝިއަން އެފެއާޒް، ސާމިޙު އީޞާ ޖައުހަރު ހަޔާތު ބައިވެރިވެވަޑައިގެންނެވި ކަމަށް ޚާރިޖިއްޔާ އިން ބުނެފައިވެއެވެ.

އަދި ޚާރިޖީ ވަޒީރު ޑރ. ޚަލީލުގެ އަރިހުގައި، އެވުޒާރާގެ ޖޮއިންޓް ސެކްރެޓަރީ ޚަދީޖާ ނަޖީހާއާއި ޕޮލިޓިކަލް ޑިރެކްޓަރ ފާތިމަތު ނަޝާ އިސްމާއީލް ބައިވެރިވެވަޑައިގެންނެވިއެވެ. 

މި ލިޔުން ކިޔާލުމުން

Ads by MSS