Ads by Aqeeqa Maldives

ޚަބަރު

ހުޅުމާލެއަށް 21: ބީޗް ފެސްޓުގެ ކުޅިވަރުތަކުގައި ޓީމުތަކުން ބައިވެރިވާން ހުޅުވާލައިފި

ހުޅުމާލެއަށް 21: ބީޗް ފެސްޓުގެ ކުޅިވަރުތަކުގައި ޓީމުތަކުން ބައިވެރިވާން ހުޅުވާލައިފި

އެޗްޑީސީ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

13 މޭ 2025، 05:58

13 މޭ 2025، 05:58

ހުޅުމާލޭގައި މީހުން ދިރިއުޅެން ފެށިތާ 21 އަހަރު ފުރުން ފާހަގަކުރުމަށް ބާއްވާ ބީޗް ފެސްޓުގެ ކުޅިވަރުތަކުގައި ޓީމުތަކުން ބައިވެރިވުމަށް ހުޅުވާލައިފިއެވެ. 

މި މުބާރާތްތަކުގައި ބައިވެރިވުމުގެ މުއްދަތު ހަމަވާނީ މިހިނގާ މެއި މަހުގެ 15 ދުވަހުގެ 15:30 އަށެވެ. މިކުޅިވަރުތައް އޮންނާނީ 17 މެއި 2025 ގެ ހެނދުނު 9:00 އިން އިރުއޮއްސި 18:00އަށް ހުޅުމާލެ ފުރަތަަމަ ފިޔަވަހީގެ ބީޗު ސަރަހައްދުގައެވެ. 

މިމުބާރާތުގެ ދަށުން ބާއްވަން ހަމަޖެހިފައިވާ ކުޅިވަރުތަކަކީ:-

  • ޕާކް ވޮލީ ބޯޅަ
  • ހޭންޑް ބޯޅަ
  • 3އޮން 3 ބީޗް ފުޓްބޯޅަ
  • ޓަގް އޮފް ވަރ
  • ކެނޯ ރޭސް
  • ފަލިޖެހުން 

ޕާކް ވޮލީ ބޯޅަ މުބާރާތަކީ މިކްސްޑް އޯޕަން މުބާރާތެކެވެ. މިމުބާރާތުގައި ބައިވެރިވެވޭނީ 16 ޓީމަކަށެވެ. ކޮންމެ ޓީމެއްގައި ހިމެނޭނީ 6 ކުޅުންތެރިއަކަށެެވެ. ޓީމުގައި ކޮންމެ އުމުރެެއްގެ ކުޅުންތެރިއަަކަށްވެސް ބައިވެރިވެވޭނެއެެވެ. މުބާރާތް ކުރިއަށްދާނީ ޕޮއިންޓް ސިސްޓަމަށެވެ. 

ހޭންޑް ބޯލް މުބާރާތް ކުރިއަށްދާނީ ފިރިހެން އަންހެން ވަކިންނެވެ.މ ކޮންމެ ޓީމެއްގައި ތިބެންވާނީ 10 ކުޅުންތެރިންނެވެ. 

3އޮން3 ބީޗް ފުޓްބޯޅަ މުބާރާތް ކުރިއަށްދާނީ ފިރިހެނުންނަށެވެ. މިމުބާރާތުގައި ކުޅޭނީ ފުޓްސަލް ބޯލް އެވެ. ކޮންމެ ޓީމެއްގައި ހިމެނޭނީ 4 ކުޅުންތެރިންނެވެ. ކޮންމެ މެޗެއް ކުޅޭނީ 15 މިނެޓަށެވެ. 

ޓަގް އޮފް ވާ މުބާރާތަކީ މިކްސްޑް އޯޕަން މުބާރާތެކެވެ. މިމުބާރާތުގައި ބައިވެރިވެވޭނީ 16 ޓީމަަކަށެވެ. ކޮންމެ ޓީމެއްގައި 10 ކުޅުންތެރިން ހިމެނޭނެއެވެ. ކޮންމެ ހާފެއްގައި 2 މިނެޓަށް ކުރިއަށް ދާއިރު މިމުބާރާތުގައި ބައިވެެރިވުމަށް ވަކި އުމުރުފުރާއެއް ނުވެއެވެ.

ކެން ރޭސްގައި ބައިވެރިވުމަށް ވަކި އުމުރެއް ނުވާއިރު، ދެޖިންސަށްވެސް ބައިވެރިވެވޭނެއެވެ. އަދި މިމުބާރާތުގެ ކޮންމެ ބައިވެރިއަކީވެސް ފަތަން ދަންނަ މީހަކަށް ވާންވާނެއެވެ.

ފަލިޖެހުމުގެ މުބާރާތުގައި ހުރިހާ އުމުރުފުރާއަކަށްވެސް ބައިވެރިވެވޭއިރު ދެޖިންސަށް ބައިވެރިވެވޭނެއެވެ. އަދި މިމުބާރާތުގައިވެސް ބައިވެރިވެވޭނީ ވެސް ފަތަން ދަންނަ ބައިވެެރިންނަށެވެ.

މިމުބާރާތްތަކުން އެއްވަނަ އަށްދާ ޓީމްތަކަށް 5000 ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ހަމަޖެހިފައިވެއެވެ. ހުޅުމާލޭގައި މީހުން ދިރިއުޅޭތާ 21 އަހަރުވުމާއި ގުޅިގެން ތަފާތު ގިނަ ހަރަކާތްތައް އެޗްޑީސީ އިން ރާވައިގެން ކުރިއަށް އެބަގެންދެއެވެ.

 

މި ލިޔުން ކިޔާލުމުން

Ads by MSS