Ads by Aqeeqa Maldives

ޚަބަރު

ސްޓޫޑެންޓް ލޯނުގެ ފައިސާ ބަރާބަރަށް ދައްކަމުންދަނީ 40 އިންސައްތަ ދަރިވަރުން: ވަޒީރު ހައިދަރު

ސްޓޫޑެންޓް ލޯނުގެ ފައިސާ ބަރާބަރަށް ދައްކަމުންދަނީ 40 އިންސައްތަ ދަރިވަރުން: ވަޒީރު ހައިދަރު

ވަޒީރު ޑރ ހައިދަރު ރައްޔިތުންގެ މަޖިލީހުގައި. ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

13 މޭ 2025، 12:30

13 މޭ 2025، 12:30

މަތީ ތަޢުލީމު ހާސިލްކުރަ ދަރިވަރުންނަށް ސަރުކާރުން ދޫކުރާ ސްޓޫޑެންޓް ލޯނުގެ ފައިސާ ބަރާބަރަށް ދަށްކަމުންދަނީ 40 އިންސައްތަ ދަރިވަރުން ކަމަށް މަތީތަޢުލިމާއި ހުނަރުތައް ތަރައްްޤީކުރުމާއި ބެހޭ ވަޒީރު ޑރ ޢަލީ ހައިދަރު އަޙްމަދު ވިދާޅުވެއްޖެއެވެ.

ޑރ ހައިދަރު މިހެން ވިދާޅުވީ މިއަދު ރައްޔިތުންގެ މަޖިލީހުގެ މެމްބަރު އިބްރާހިމް ހުސައިން ކުރެއްވި ސުވާލަށް މަޖިލީހުގެ މިއަދު ޖަވާބުދެއްވަމުންނެވެ.

ވަޒީރު ހައިދަރު ފާހަގަކުރެއްވެވި ގޮތުން ލޯނުގެ އެހީގައި ކިޔަވާ ދަރިވަރުންގެ ތެރެއިން ޤަވާއިދުން ފައިސާ ދައްކަމުން ދަނީ ވަރަށް މަދު ދަރިވަރެކެވެ. އެގޮތުން ލޯނުގެ އެހީގައި ކިޔަވާ ނިމުމަށްފަހު އަނބުރާ ފައިސާ ދައްކަނީ %40 ދަރިވަރުންކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި އެފައިސާ އަކީ ދަޢުލަތަށް ލިބެންޖެހޭ ފައިސާކަން ފާހަގަކުރައްވާ ވަޒީރު ވަނީ އެފައިސާ ހޯދުމަށް ކުރަންޖެހޭ ކަންކަން ކުރުމަށް ވަރަށް އަވަހަށް ގޮތެއް ނިންމަވާނެކަމަށެވެ.ވަޒީރު ހައިދަރު ވިދާޅުވީ މިއަހަރުގެ އޭޕްރީލްމަހާ ހަމައަށް 157 މިލިޔަން ރުފިޔާ ލޯނުގެ ގޮތުގައި ދޫކޮށްފައިވާ ކަމަށެވެ. އަދި އަނބުރާ ދެއްކުމުގައި ވަރަށް ބޮޑެތި މައްސަލަތައް އެބަހުރި ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.މަތީ ތަޢުލީމާއި ތަމްރީން ހާސިލްކުރުމަށްޓަކައި ކޮންމެ އަހަރަކުވެސް ދަޢުލަތުން ލޯނު ދޫކުރަމުންދެއެވެ. އަދި އެ ލޯނު އަނބުރާ ދައްކަން ފަށަން ޖެހެނީ ކިޔަވާ ނިމުމަށްފަހު 6 މަސް ފަހުންނެވެ.

ސްޓޫޑެންޑް ލޯނުތަކަކީ އިސްލާމީ ހަމަތަކަށް ފެތޭ ލޯންތަކަކަށް ހެއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުޢިއްޒު ވަނީ ނިންމަވާފައެވެ. އެއާއެކު ލޯނާއެކު ހިމެނިފައިވާ އެއް އިންސައްތަ އެޑްމިނިސްޓްރޭޓިވް ފީގެ ގޮތުގައި ނަގަމުންދާ އަދަދު އެއްކޮށް އުނިކުރެއްވުމަށްވެސް ރައީސްވަނީ ނިންމަވާފައެވެ. 

 

 

މި ލިޔުން ކިޔާލުމުން

Ads by MSS