ޚަބަރު
މޫސުން ގޯސް، ހއ.އަތޮޅުން ގދ.އަތޮޅަށް ދެވަނަ ފަހަރަށް ހުދު ސަމާލު ނެރެފި

މާލެއަށް މޫސުން ގޯސް ދުވަހެއް. ފޮޓޯ: ސަން
މޫސުން ގޯސްވެ ހއ.އަތޮޅުން ގދ.އަތޮޅަށް 24 ގަޑިއިރުތެރޭ ދެވަނަ ފަހަރަށް ހުދު ސަމާލުނެރެފިއެވެ.
މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ނެރެފައިވާ ހުދު ސަމާލުގައި ބުނެފައިވަނީ މިއަދު ހެދުނުގެ 9:45ން މެންދުރުފަހުގެ 15:30 އަށް ގަޑިއަކު 19 މޭލާއި 24 މޭލާއި ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށާއި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
ރޭ ދަންވަރުވެސް ހަމަ އެސަރަހައްދަށް މޫސުމާ ބެހޭ އިދާރާއިން ވަނީ ހުދު ސަމާކުނެރެފައިވެއެވެ. މިދުވަސް ވަރަކީ މޫސުން ގޯސް ދުވަސް ވަރެއް ކަމުން މޫސުމަށް ސަމާލުވުމަށް ކަމާބެހޭ އިދާރާތަކުން އަންނަނީ އިރުޝާދުދެމުންނެވެ.