Ads by Aqeeqa Maldives

ޚަބަރު

މަތީ ތަޢުލީމަށް ޗައިނާއަށް ދިޔުމަށް 39 ފުރުސަތެއް، ކުރިމަތިލުމަށް ހުޅުވާލައިފި

މަތީ ތަޢުލީމަށް ޗައިނާއަށް ދިޔުމަށް 39 ފުރުސަތެއް، ކުރިމަތިލުމަށް ހުޅުވާލައިފި

މަތީތަޢުލީމާބެހޭ ވުޒާރާ ހިންގާ އޮފީސް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

13 މޭ 2025، 09:47

13 މޭ 2025، 09:47

މަތީ ތަޢުލީމަށް ޗައިނާއަށް ދިޔުމަށް، 39 ކޯހަކަށް ކުރިމަތިލުމަށް ހުޅުވާލައިފިއެވެ. 

މި ފުރުސަތު ތަކަކީ މާސްޓާސް ޑިގްރީ އަދި ޕީއެޗްޑީއަށް ކިޔަވަން ބޭނުންވާ ފަރާތްތަކަށް ހުޅުވާލައިފައިވާ ފުރުސަތުތަކެކެވެ. އެގޮތުން މާސްޓާސް ޑިގްރީއަށް ކިޔެވުމަށް 25 ފުރުސަތެއް އަދި ޕީއެޗްޑީއަށް ކިޔެވުމަށް 14 ފުރުސަތެއް ވަނީ ހުޅުވާލައިފައެވެ. 

މިފުރުސަތުގެ ތަކުގެ ދަށުން މެޑިކަލް ދާއިރާ އާއި ތަޢުލީމީ ދާއިރާ އާއި އިންޖިނިއަރިންގ ފަދަ ދާއިރާތައްވެސް ހިމެނެއެވެ. 

މަތީތަޢުލީމާއި ބެހޭ ވުޒާރާއިން ބުނެފައިވަނީ މި ފުރުސަތުތަކުގެ ދަށުން ކޮންމެ ފަރާތަކަށްެވެސް ހުށައެޅޭނީ އެއްކޯހަކަށް ކަމަށެވެ. މީގެއިތުރުން ކޯހަށް ހޮވޭ ފަރާތްތަކުން އެވުޒާރާއާއި ދެމެދުވެވޭ އެއްބަސްވުމާއި އެއްގޮތަށް ރާއްޖެއަށް ޚިދުމަތްކުރަން ވާނެ ކަމަށް ބުނެފައިވެއެވެ. 

ހަމަމިއާއިއެކު ކޯހަށް ނޮމިނޭޓް ވެއްޖެކަން މަތީތަޢުލީމާ ބެހޭ ވުޒާރާއިން އެންގުމަށްފަހު ކޯސް ދޫކޮށްލައިފިނަމަ އެފަދަ ފަރާތްތަކާއި މެދު ފިޔަވަޅު އެޅުމަށް އޮންނަ އުސޫލުގެ ދަށުން ފިޔަވަޅު އަޅާނެކަމަށެވެސް އެވުޒާރާއިން ބުނެފައިވެއެވެ. 

މިކޯސްތަަކަށް ހުށައެޅުމަށް ހުޅުވާލައިފައިވާ ގަޑި ހަމަވާނީ މި މެއި މަހުގެ 15 ވަނަ ދުވަހުގެ 14:00 އަށެެވެ. 

މިހުރިހާ ކޯސްތަކަކީވެސް ޗައިނާގެ ސަރުކާރުން ސްޕޮންސަރކުރަ ކޯސްތަކެކެވެ. 

މި ލިޔުން ކިޔާލުމުން

Ads by MSS