Ads by Aqeeqa Maldives

ޚަބަރު

ހުޅުމާލެއަށް 21: ހުޅުމާލޭގެ ކެފޭތަކާއި ފިހާރަތަކުން ޑިސްކައުންޓް ލިބޭ "ޑިސްކައުންޓް ވީކް" ފަށައިފި

ހުޅުމާލެއަށް 21: ހުޅުމާލޭގެ ކެފޭތަކާއި ފިހާރަތަކުން ޑިސްކައުންޓް ލިބޭ "ޑިސްކައުންޓް ވީކް" ފަށައިފި

ހުޅުމާލޭގެ ފިހާރަތަކެއް ކައިރި. ފޮޓޯ: އެޗްޑީސީ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

12 މޭ 2025، 03:14

12 މޭ 2025، 03:14

ހުޅުމާލޭގައި މީހުން އާބާދުވިތާ 21 އަހަރު ފުރުން ފާހަގަކުރުމަށް ކުރިއަށްގެންދާ ހަރަކާތްތަކުގެ ތެރެއިން، ހުޅުމާލޭގެ ކެފޭތަކާއި ރެސްޓޯރެންޓުތަކުން ޑިސްކައުންޓް ލިބޭ "ޑިސްކައުންޓް ވީކް" ފަށައިފިއެވެ.


ހުޅުމާލޭގެ ގިނަ ކެފޭތަކާއި ރެސްޓޯރެންޓު އަދި ފިހާރަތަކުން ބޮޑެތި ޑިސްކައުންޓުތައް ލިބޭ ޑިސްކައުންޓް ހަފްތާ ފެށީ މި މަހުގެ 10 ވަނަ ދުވަހުކަމަށް އެޗްޑީސީ އިން ބުނެއެވެ.
 މި ޕްރޮމޯޝަން މި މަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާނެ ކަމަށާއި، އެގޮތުން ގިނަ ފިހާރަ އަދި ރެސްޓޯރެންޓުތަކުގެ ހުރިހާ އައިޓަމްތަކުން ޑިސްކައުންޓު ދިނުމަށް ހަމަޖެހިފައިވާއިރު، ބައެއް ފިހާރަތަކުން ކޫޕަނާއި ހަދިޔާވެސް ކަސްޓަމަރުންނަށް ލިބިގެންދާނެ ކަމަށްވެސް އެޗްޑީސީއިން ބުނެއެވެ.


މިއީ ހުޅުމާލޭގެ އަހަރީ ދުވަސް ފާހަގަކުރުމަށް، އެޗްޑީސީން ކުރިއަށްގެންދާ ހަރަކާތްތަކުގެ ތެރެއިން، އެކިއެކި ވިޔަފާރިތަކާ ގުޅިގެން ކުރިއަށްގެންދާ ޕްރޮމޯޝަނެކެވެ.


ޑިސްކައުންޓު ލިބޭނެ ހުޅުމާލޭގެ ކެފޭތަކާއި ފިހާރަތައް:

1.    ފަހި ޕްލާޒާ (%05 ސްޓޯ ވައިޑް ޑިސްކައުންޓް) _ހުވަނދުމާ ހިނގުން.
2.    ރަޓަޓޫލީ (%10 ސްޓޯ ވައިޑް ޑިސްކައުންޓް) _ ހިތިގަސް މަގު، ގޯޅި 17.
3.    އެމްއެޗްއޭ މާޓް (ބައެއް ބްރޭންޑުތަކުގެ ތަކެތިން %15 ޑިސްކައުންޓް)_ ރެއިންކްރެސްޓް ރެސިޑެންސް އަދި ނިރޮޅުމަގު 16 އައުޓްލެޓް. 
4.    ބްރެޑް މެޓާރސް (%10 ސްޓޯ ވައިޑް ޑިސްކައުންޓް) _ ސެންޓްރޯ މޯލް.
5.    އިހްސާން ފިހާރަ (ކޫޕަން އަދި ގިފްޓްސް) _ވިނަރެސް 10، ހުޅުމާލެ ފޭސް 2.
6.    މަންހެޓަން ފިޝް މާކެޓް (%05 ސްޓޯ ވައިޑް ޑިސްކައުންޓް)  _ ސެންޓްރޯ މޯލް.
7.    ގްލޯރިއާ ޖީންސް (%10 ސްޓޯ ވައިޑް ޑިސްކައުންޓް) _ އަމިން އެވެނިއު، މޭޕަލް ޓަވަރ.
8.    ކޮފީ ވިއު (%05 ސްޓޯ ވައިޑް ޑިސްކައުންޓް) _ ފެރީ ޓާމިނަލް ކިއޮސްކް 1.
9.    ޗިކިންގ (%10 ސްޓޯ ވައިޑް ޑިސްކައުންޓް) _ އަމިން އެވެނިއު، އޯކް ޓަވަރ.
10.    ރެޑްވޭވް ( ބައެއް ބްރޭންޑުތަކުގެ ތަކެތިން %10 ޑިސްކައުންޓް) _އަސުރުމާ ހިނގުން.
11.    ބޭކާރސް ބާސްކެޓް (%05 ސްޓޯ ވައިޑް ޑިސްކައުންޓް) _ ނިރޮޅު މަގު، ލޮޓް ނަންބަރު.
12.    އަރިއްސާ (ބައެއް ބްރޭންޑުތަކުގެ ތަކެތިން %15 ޑިސްކައުންޓް) _އަމިން އެވެނިއު، މޭޕަލް ޓަވަރ.
13.    އެސްޖޭ މޯލް (ބައެއް ބްރޭންޑުތަކުގެ ތަކެތިން %30 ޑިސްކައުންޓް)_ ބޯގަންވިލާ މަގު. 

މީގެ އިތުރުން، މިއަދު ފާހަގަކުރާ ހުޅުމާލޭގެ 21 ވަނަ އަހަރީ ދުވަހާ ގުޅިގެން ފެސްޓިވަލެއް ގޮތަށް ގިނަ ހަރަކާތްތަކެއް ކުރިއަށްގެންދިއުމަށް އެޗްޑީސީން ވަނީ ނިންމާފައެވެ. އެގޮތުން، މި މަހުގެ 10 ވަނަ ދުވަހު ކުލަގަދަ ފެމިލީ ކާނިވަލްއަކުން ފެށި މި ހަރަކާތްތައް، ހަފްތާއަކަށް ދިގުދެމިގެންދާ ގޮތަށް އެކި ދުވަސްތަކަށް ބަހާލައިގެން ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި އޮންނާނެއެވެ. 


އެގޮތުން ކުރިއަށްގެންދަން ހަމަޖެހިފައިވާ ހަރަކާތްތަކުގެ ތެރޭގައި ސްޓޯރީ ފޮޓޯ ވޯލކް، ހުޅުމާލެ މަސްރޭސް، ސައިކްލިންގ ޗެމްޕިއަންޝިޕް، ހެލްތު ކޭމްޕްގެ އިތުރުން ބީޗް ފެސްޓެއް މި ހަފްތާގެ ތެރޭގައި ކުރިއަށްގެންދިއުމަށް ވަނީ ނިންމާފައެވެ. 

މި ލިޔުން ކިޔާލުމުން

Ads by MSS