ޚަބަރު
ރައީސް އިސްކަންދެއްވާ ތަރުތީބުން 6 ނަމެއް މަޖިލީހަށް، އެއްވަނައިގައި ޒަމްޢަތު

ބްރޯޑްކާސްޓިންގް ކޮމިޝަންެގެ އޮފީސް
މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ ހުސްވެފައިވާ މަގާމަށް އައްޔަނުކުރުމަށް ހަ މީހެއްގެ ނަން ރައީސް ޑރ. މުހައްމަދު މުއިއްޒު، މަޖިލިހަށް ފޮނުއްވައިފިއެވެ.
ބްރޯޑްކޮމްގެ މެންބަރެއްގެ ދައުރު ހަމަވާތީ، އެކޮމިޝަންގެ މެންބަރުކަމަށް ބޭފުޅަކު އައްޔަންކުރުމަށް ރުހުން ހޯދުމަށް ރައީސުލްޖުމްހޫރިއްޔާ ހުށައަޅުއްވާފައިވާ ނަންތައް ދިރާސާކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް ވަނީ ފޮނުވާފައެވެ.
ރައީސް މަޖިލީހަށް ފޮނުއްވި ނަންތައް:
• ޒަމްޢަތު އަހުމަދު ވަޙީދު، މަލަ/ ގދ. ތިނަދޫ
• އިބްރާހީމް އަޝްރަފް، ވ. މަޝްވެލި
• މޫސާ ރިޟްވާން، މ. ހާވިލާ
• ޒީނާ ޒާހިރު، އަތިރީގެ/ ގދ. ގައްދޫ
• ޢަލީ ޔޫސުފް، ބާރަނާ/ ޅ. ހިންނަވަރު
• ޝިމްލާ އަހުމަދު، އާޝްޓްރަލްގެ/ ސ. ހިތަދޫ
ކޮމިޝަންގެ މެންބަރުކަމަށް ކުރިމަތިލި ފަރާތްތަކުގެ ތެރެއިން، ރައީސް މުއިއްޒު އިސްކަންދެއްވާ ތަރުތީބުން ހުށަހެޅުއްވި ލިސްޓުގެ އެންމެ ފުރަތަމަ އޮތީ މިހާރު އިސްލާމިކް މިނިސްޓްރީގެ އިސްލާމިކް ސްޓޫޑިއޯގެ ސީއީއޯގެ މަގާމުގައި ހުންނެވި ޒަމްޢަތު އަޙުމަދު ވަޙީދުގެ ނަމެވެ. ޒަމްޢަތަކީ ޖަރނަލިޒަމް ޒާއިރާއިން މާސްޓަރސް ޙާސިލްކޮށްގެން ހުންނެވި ތަޖުރިބާކާރު ނޫސްވެރިއެކެވެ.
7 މެންބަރުން ތިއްބަވާ ބްރޯޑްކޮމްއަށް މެންބަރުން އައްޔަން ކުރަނީ 5 އަހަރު ދުވަހުގެ ދައުރަކަށެވެ.