Ads by Aqeeqa Maldives

ޚަބަރު

ޙައްޖުވެރިންނަށް ލުއި ފަސޭހަ ކޮށްދިނުމަށް ބީއެމްއެލްގެ ޑެބިޓް ކާޑުގެ ޑޮލަރު ލިމިޓް އިތުރުކޮށްދީފި

ޙައްޖުވެރިންނަށް ލުއި ފަސޭހަ ކޮށްދިނުމަށް ބީއެމްއެލްގެ ޑެބިޓް ކާޑުގެ ޑޮލަރު ލިމިޓް އިތުރުކޮށްދީފި

ދިވެހި ޙައްޖުވެރިން ކަޢްބާގައި. ފޮޓޯ: ޙައްޖު ކޯޕަރޭޝަން

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

12 މޭ 2025، 02:31

12 މޭ 2025، 02:31

ޙައްޖުވެރިންނަށް ލުއި ފަސޭހަ ކޮށްދިނުމުގެ ގޮތުން ބޭންކް އޮފް މޯލްޑިވްސްގެ ޑެބިޓް ކާޑުގެ ޑޮލަރު ލިމިޓް ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު އިތުރުކޮށްދެއްވައިފިއެވެ. 

ރައީސް މުޢިއްޒު ކުރައްވައިފައިވާ ޕޯސްޓެއްގައި ވިދާޅުވެފައިވަނީ މިއަހަރު ޙައްޖަށް ވަޑައިގަންނަވާ ފަރާތްތަކަށް ބޭންކްގެ ރަސްމީ ރޭޓުގައި ޑޮލަރު ހޯދުމުގައި ލުއި ފަސޭހަ ޙައްލެއް ހަމަޖައްސައިދިނުމުގެ ގޮތުން، ކޮންމެ ޙައްޖު ވެރިއެއްގެ ބޭންކް އޮފް މޯލްޑިވްސް ޑެބިޓް ކާޑަށް، މިހާރު އޮންނަ ޑޮލަރުގެ ލިމިޓުގެ އިތުރުން 1750 އެމެރިކާ ޑޮލަރުގެ ލިމިޓެއް ހަމަޖައްސައި ދިނުމަށް ބޭންކް އޮފް މޯލްޑިވްސް ގައި އެދިވަޑައިގެންފައިވާ ކަމަށެެވެ.

ދިވެހި ރައްޔިތުންގެ ބޭންކެއްގެ ގޮތުގައި ކުރައްވަމުން ގެންދަވާ ގިނަގުނަ މަސައްކަތްތަކަށްޓަކައި ބޭންކް އޮފް މޯލްޑިވްސް އަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން

ރައީސް ޑރ މުޢިއްޒު ވިދާޅުވެފައިވެއެވެ.

ރާއްޖެއިން ޙައްޖުގެ އަޅުކަމަށް ވަޑައިގަންނަވާ ފަރާތްތަކަށް ލުއިފަސޭހަ ގޮތްތައް ހަމަޖައްސައިދެއްވުމަށް މިސަރުކާރުގެ އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއިން ވެސް ދަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. 

މި ލިޔުން ކިޔާލުމުން

Ads by MSS