Ads by Aqeeqa Maldives

ޚަބަރު

ނަރުހުން ތިޔަ ކުރަނީ މުޅި ޤައުމު ފަޚުރުވެރިވާ މަސައްކަތެއް: ރައީސުލްޖުމްހޫރިއްޔާ

ނަރުހުން ތިޔަ ކުރަނީ މުޅި ޤައުމު ފަޚުރުވެރިވާ މަސައްކަތެއް: ރައީސުލްޖުމްހޫރިއްޔާ

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ފޮޓޯ: ރައީސް އޮފީސް

12 މޭ 2025، 08:53

ނަރުހުންގެ މަސައްކަތަކީ މުޅި ޤައުމު ފަޚުރުވެރިވާފަދަ މަސައްކަތެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. 

ރައީސުލްޖުމްހޫރިއްޔާ މިފަދައިން ވިދާޅުވީ، ނަރުހުންގެ ދުވަހާ ގުޅިގެން ސޯޝަލް މީޑިއާގައި ޙިއްސާކުރެއްވި ޕޯސްޓެއްގައެވެ. 

އެ މަނިކުފާނު ވިދާޅުވީ، ބަލިވެގެން ހަސްފަތާލަށް ދިއުމުން ކިޔާ މަރުޙަބާއިން ފެށިގެން، ބަލި ފަސޭހަވެ އެނބުރި ދެވެންދެން ބަލިމީހާގެ ޚިދުމަތުގައި ތިބެނީ މުރާލި ނަރުހުން ކަމަށެވެ. 

ފަރުވާ ދިނުމަށް ހަސްފަތާލުތަކުން މަރްޙަބާ ކިޔަނީ، އަދި ބަލި ފަސޭހަވެ އެނބުރި ދިއުމާއި ހަމަޔަށް ޚިދުމަތުގައި ދެމި ތިބެނީ މުރާލި ނަރުހުން.  

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

އަދި ނަރުހުންގެ މަސައްކަތް ބުރަވި ނަމަވެސް، އޯގާތެރިކަމާއިއެކު، ހިނިތުންވެތިބެ ކުރާ މަސައްކަތަށް މުޅި ޤައުމު ފަޚުރުވެރިވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. 

ކޮންމެ ދުވަހަކު އެތައް ބަޔަކަށް އޯގާތެރިވުމުގައި، ހިނިތުންވުމާއި އެކު ތިޔަ ކުރަނީ، މުޅި ޤައުމު ފަޚުރުވެރިވާ މަސައްކަތެއް.

ރައީސުލްޖުމްހޫރިއްޔާ ސޯޝަލް މީޑިއާގައި ޙިއްސާކުރި މެސެޖުގައި ވެއެވެ.

ނަރުހުންގެ ދުވަހުގެ ހެޔޮ އެދުންތައް އަރިސްކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ނަރުހުންނަށް ކުރިއެރުމާ ކާމިޔާބަށް އެދިވަޑައިގަންނަވާ ކަމަށެވެ.

ކޮންމެ އަހަރެއްގެ މޭ މަހުގެ 12 ވަނަ ދުވަސް ފާހަގަކުރަނީ ދުނިޔޭގެ ނަރުހުންގެ ދުވަހުގެ ގޮތުގައެވެ. މިފަދަ ދުވަހެއް ދުނިޔޭގެ ފެންވަރުގައި ފާހަގަކުރުމުގެ އެންމެ ބޮޑު ބޭނުމަކީ އިންސާނިއްޔަތަށްޓަކާ ނަރުހުން ވަމުންދާ ޤުރުބާނީއާއި އެމީހުންގެ ޚިދުމަތް ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށް އަގުވަޒަންކުރުމެވެ.

މި އަހަރުގެ ނަރުހުންގެ ދުވަހުގެ ޝިއާރަކީ، "އަވަރ ނާރސަސް. އަވާރ ފިއުޗާރ. ކޭރިން ފޯރ ނާރސަސް ސްޓްރެންތެންސް އިކޮނޮމީސް" މިއެވެ. މިއަހަރުގެ ޝިއާރުން ރަމްޒުކޮށްދެނީ ޤައުމެއްގެ ސިއްޙީ ނިޒާމު ވަރުގަދަކޮށް ދަމަހައްޓައި، އިޤްތިޞާދުގެ ވިލުންތެރިކަން ދެމެހެއްޓުމަށް ނަރުހުން އަދާކުރާ މުހިންމު ދައުރެވެ. 

މި ލިޔުން ކިޔާލުމުން

Ads by MSS